March 13, 2026
Advertisement
04 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފި
04 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފި / ސޯޝަލް މީޑިއާ

04 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފި

Aminath Zara
އައިމިނަތު ޒާރާ
May 4, 2024, 09:37 PM
މާލެ ސިޓީ

ވެރިރަށް މާލެ ސިޓީ އިން ހަތަރު ކިލޯއަށް ވުރެ ގިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ.ސޭބުގެ، 36 އަހަރުގެ މުހައްމަދު ހަސަން އެވެ. މީނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އޭނާ އާއި ގުޅުންހުރި އެޕާޓުމަންޓުން އެކި ބާވަތުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަން ހަތަރުކިލޯއަށްވުރެ ގިނަ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ފެނުނު އެޕާޓުމަންޓަކީ ގިނަ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރަމުންދާ އެޕާޓުމެންޓެއް ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.

އަމުރުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރެވޭނެ ތަކެތިވެސް އެ އެޕާޓުމަންޓުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ އަމަލީ ގޮތުން މިކަމުގައި ބައިވެރިވި މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ބަންދު އަމުރުގައިވާގޮތުން އޭނާ އާ ދެކޮޅަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved