theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ތިން މީހުން. އޭގެ ތެރޭ ޕްރެޒެންޓަރު އިނާޔަތު ހިމެނޭ -- / ޕޮލިސް
ހަބަރު
ޕީއެސްއެމްގެ ޕްރެޒެންޓަރު އިނާޔަތާއި އިތުރު ދެ މީހަކު ޑްރަގާ އެކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މާލޭގައި ފުލުހުން ހިންގި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގާ އެކީ ހެޔަންބޯ ފަދަ މަގުބޫލު ޕްރޮގުރާމުތައް ހުށަހަޅައިދޭ ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީ (އިނާ) އާއި އެހެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 34 އަހަރުގެ އިނާޔަތުގެ އިތުރުން އުމުރުން 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާއިމިނަތު އިއްލިއްޔީން އަހުމަދެވެ. އޭގެ ތެރެއިން އައިޝް އާއި އިއްލިއްޔީންއަކީ މއ. މަޒާގެ ދެ މީހުންނެވެ. އެއީ ދެބެއިންނެވެ. ޓީވީ ޕްރެޒެންޓަރު އިނާޔަތަކީ އަދި ހދ. ކުޅުދުއްފުއްޓަށް އުފަން މީހެކެވެ.

ހައްޔަރުކުރި މީހުން ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިނާ އާއި އިއްލިއްޔީން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެ ތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި އިނާޔަތަކީ މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ އެންމެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އޭނާ ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގައި ވެސް ޕްރޮގްރާމްތައް އުފައްދައި ގެނެސްދެމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved