April 3, 2026
Advertisement
ހުޅުމާލެ ހާފްވޭ ހައުސް: އެތަނުން މަސްތުގެ ހާލަތުގައި ތިބި ދެ މީހުން ވަނީ ހައްޔަރުކޮށްފައި -
ހުޅުމާލެ ހާފްވޭ ހައުސް: އެތަނުން މަސްތުގެ ހާލަތުގައި ތިބި ދެ މީހުން ވަނީ ހައްޔަރުކޮށްފައި - / ސަން

ހާފްވޭ ހައުސްގައި މަސްތުވި ބަޔަކު ހައްޔަރަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 11, 2025, 05:10 PM
މާލެ ސިޓީ

މަސްތުން ސަލާމަތްވާން ބޭނުންވާ މީހުންނަށް ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުގެ ހާލަތުގައި އެތަނުގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރި ރިޕޯޓައި ގުޅިގެން ހާފްވޭ ހައުސް ބަލައި ފާސް ކުރުމުގެ ތެރޭގައި އެ ތަނުގައި މަސްތުގެ ހާލަތުގައި ތިއްބައި ހައްޔަރުކުރީ އދ. މަހިބަދޫ، ރެޑްރޯޒް، އަބްދުﷲ ޝާފިއު، 33 އާއި ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް، 42. ކަމަށެވެ.

އެ ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަގުތީ ނަތީޖާއިން އޯޕީއައި، ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ.

މުއްދަތު މަޖިލީހުގައި އެ ދެ މީހުން ބުނާ ގޮތުގައި އެ މީހުންނަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ހާފްވޭ ހައުސްގައި ދޭ ބޭސް ބޭނުންކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެދާނެ ކަމަށެވެ.

ހުޅުމާލެ ހާފްވޭ ހައުސްގެ އިތުރުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ކަންބޮޑުވުން ފަހަކަށް އައިސް ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved