April 3, 2026
Advertisement
ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން.
ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން. / ޕޮލިސް

7 ކިލޯ ޑްރަގު ކަނޑުމަގުން އެތެރެކުރަން އުޅުނު ބިދޭސީ ގްރޫޕެއް ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 22, 2025, 08:54 PM
މާލެ ސިޓީ

ބޯޓެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ބިދޭސީ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.

Advertisement

މި ގްރޫޕުގައި ހިމެނެނީ އިންޑިއާ، އިންޑޮނީޝިއާ މީހުން ހިމެނޭހެން ޖުމްލަ 10 މީހުންނެވެ. އެއީ ދިވެއްސަކާއި އިންޑިއާގެ ހަ މީހެއް އަދި އިންޑޮނީޝިއާގެ ތިން މީހެކެވެ.

އެމީހުން ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ ދިވެހި މީހާގެ ބަންދަށް ދީފައިވަނީ އެއް ދުވަހެވެ. އަދި އިންޑިއާގެ ތިން މީހަކާއި އިންޑޮނީޝިއާގެ ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ. ދެން ތިބި މީހުން ބަންދުކުރީ އެއް ދުވަހަށެވެ.

އެމީހުންގެ ބަންދަށް 1-5 ދުވަހާ ދެމެދު މުއްދަތެއް ދީފައިވަނީ އިނގިރޭސި ބަސް ރަނގަޅަށް ނޭނގޭތީ ތަރުޖަމާނައަކު ހޯދުމަށް ވަގުތު ދިނުމަށެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ކުށެވެ.

ނަމަވެސް، އެއީ ކޮން ތަނަކުން ރާއްޖެ އައި ބައެއް ކަމެއް އަދި އިތުރު ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved