May 27, 2026
Advertisement
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި / ސޯޝަލް މީޑިއާ

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

Aminath Zara
އައިމިނަތު ޒާރާ
May 7, 2024, 05:15 PM
މާލެ ސިޓީ

މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގް ގުރޫޕްއަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު ހުރިހާ އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

Advertisement

2017 ވަނަ އަހަރު، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހިންގި މި މާރާމާރީގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒާއި ޅ. ކުރެންދޫ އަސުރުމާގޭ މުހައްމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވީ އެކަމުގައި ބައިވެރިވި 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން މިދިޔަ އަހަރު ވަނީ އިއްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved