April 5, 2026
Advertisement
އައިޖީއެމްއެޗްގެ ސީއީއޯ، އިބްރާހިމް ހަލީމް
އައިޖީއެމްއެޗްގެ ސީއީއޯ، އިބްރާހިމް ހަލީމް / ގޫގުލް

ނަފުސާނީ ބަލިތަކަށް ފަރުވާދޭ މީހުން އިތުރުކުރެވޭނީ މުސާރަ ރަނގަޅުކޮށްގެން: ހަލީމް

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 17, 2024, 07:53 PM
މާލެ ސިޓީ

ރާއްޖޭގައިި ނަފްސާނި ބަލިތަކަށް ހާއްސަ ފަރުވާ ދޭ މީހުން މަދުވުމުގެ މައިގަނޑު ސަބަބަކީ އެ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ތަފާތުވުން ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

Advertisement

އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއު އެއްގައި ހަލީމް ވަނީ، އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުން ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

އެކަން އެހެން އޮތް އިރު އޭނާ ވިދާޅުވި ގޮތުގައި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް އެބަ ހުއްޓެވެ.

އެގޮތުން އެންމެ ބޮޑުއެއް ކަންބޮޑުވުމަކަށް ވެފައިވަނީ، މުސާރައިގެ އޮނިގަނޑު އޮން ގޮތްކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ، އެ ދާއިރާގައި މަސައްކަތް ކުރާ މީހުން މަދުވުމުގެ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުސާރައިގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވިއްޖެނަމަ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް އިތުރުވާނެއެވެ.

ސަރުކާރު ހޮސްޕިޓަލެއްގައި ނަފްސާނީ ފަރުވާ ދިނުމަށް ސެންޓަރެއް އެންމެ ފުރަތަމަ ގާއިމް ކުރީ 2019 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މިފަދަ ސެންޓަރެއް ހުޅުވައި އެތަނުން ވެސް ނަފްސާނީ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved