March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީން އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލްގެ ކްރެޑިޓް ރައީސް މުއިއްޒު ނަގައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 16, 2024, 08:45 PM
މާލެ ސިޓީ

އައިޖީއެމްއެޗާ ޖެހިގެން އޮންނަ ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ ޒަމާނީ ޓެކްނޮލޮޖީއާއި އެކު ރަނގަޅު ފެންވަރެއްގައި ބިނާކޮށް ވަސީލަތްތައް ހަމަކުރި ހޮސްޕިޓަލެއް ނަމަވެސް އެ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި ހުރިހާ ކްރެޑިޓެއް ނެންގެންވީ ރައީސް މުހައްމަދު މުއިއްޒެވެ.

Advertisement

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޝުކުރުގެ ލިސްޓު އިއްވެވީ މާލެ ސިޓީ ހޮސްޕިޓަލްސް ގުރޫޕުގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެވެ. ހަލީމްގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސް މުއިއްޒުގެ ނަންފުޅެވެ.

އެއަށް ފަހު ހަލީމުގެ މުޅި ވާހަކައިގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ހުރިހާ މުވައްޒަފުންނަށެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވުމަށް އެ މުވައްޒަފުން ކުރެއްވި މަސައްކަތް ހަލީމް ފާހަގަ ކުރެއްވިއެވެ.

ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އާއި އެ މިނިސްޓަރީގެ މުވައްޒަފުންނާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެ މިނިސްޓަރީގެ މުވައްޒަފުންނާ ދަރުމަވަންތަ ހޮސްޕިޓަލުގެ ސަޕްލަޔަރުންނަށާއި ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ރޭގެ އިވެންޓު ބާއްވައިދިން ސްޕޮންސަރުންގެ ނަން ފާހަގަކުރެއްވި އިރުވެސް ރައީސް ޔާމީންގެ ނަންފުޅު ފާހަގަކޮށްލަން ހަލީމުއަށް ކެރިވަޑައިނުގަތެވެ.

ގައުމަށް ގިނަ އުމްރާނީ ތަރައްގީތަކެއް ރައީސް ޔާމީންގެ ޒައާމަތުގައި ގެނެސްދެއްވާފައިވާއިރު އެމަނިކުފާނުގެ ޒައާމަތުގެ ދަށުން ބިނާކުރެއްވި ތަންތަން އަމިއްލަ ކުރަން އުޅުމަކީ މި ސަރުކާރުގެ އެއްވެސް “އިންޓެގްރިޓީ” އެއް ނެތް ކަން ހާމަވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved