March 26, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ސަރުކާރުގެ 1 އަހަރު ވެސް އުފަންވީ ރައީސް ޔާމީންގެ ތަރައްގީއިން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 17, 2024, 12:03 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅާ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައި ސަރުކާރުގެ އުފަންދުވަސް ވެސް ފާހަގަ ކުރީ އެމަނިކުފާނުގެ ތަރައްގީއިންކަން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ފާޙަގަކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލު މިކަން ފާހަގަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް "ރަސްމީ"ކޮށް ހުޅުވުމަށް ގިނަ ރައްޔިތުންތަކެއް ފާޑުކިޔަމުން ގެންދާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ 1 އަހަރުގެ މައި ޕްރޮޖެކްޓް އުފަންވީ ރައީސް ޔާމީނުގެ ހޮސްޕިޓަލުގެ ރިބަން ކަނޑާލުމުންކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް މިޝަރަފުދޭން ނަމަވެސް ރައީސް މުހައްމަދު މުއިއްޒަށް ނުކެރުމަކީ ރައީސް މުއިއްޒުގެ ތަރުބިއްޔަތުގައި ހުރި އުނިކަން ހާމަވާކަމެއް ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ދަރުމަވަންތަ ހޮސްޕީޓަލު "ރަސްމީ"ކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ނަންފުޅު ކިޔާލަންވެސް މި ސަރުކާރުގެ ވެރިންނަށް ނުކެރުކަން ފާހަގަކޮށް ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved