May 3, 2026
Advertisement
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ / ރައީސް އޮފިސް

އިސްރާއިލަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ރާއްޖޭން ގޮވާލައްވައިފި

Aishath Naja
އައިޝަތު ނަޖާ
May 13, 2024, 09:36 PM
މާލެ ސިޓީ

އިސްރާއިލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އަދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން އިސްރާއިލާއިމެދު ފިޔަވަޅު އެޅުމަށް ރާއްޖޭން ގޮވާލާއިފިއެވެ.

Advertisement

މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، މިހާރު ޣައްޒާގައި، އަދި ހާއްސަކޮށް ރަފާގައި ފެންނަމުންދާ މަންޒަރަކީ މަރުތައް އިތުރުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށްދާ މަންޒަރު ކަމަށެވެ. އެ މަންޒަރު ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިސްރާއިލްގެ އަތްދަށުވެ ޣައްޒާ ފަނާވެގެން ދާތަން ބަލަން ނުތިބޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރާ ދެކުނު އެފްރިކާއިން މިހާރު ކުރިއަށްދާ މައްސަލައިގައި ޖެނުއަރީ މަހު އެ ކޯޓުން ވަނީ ނަސްލު ނައްތާލުމުގެ މުއާހަދާގެ ދަށުން ހިނގާ އެއްވެސް އަމަލަކުން ދުރުހެލިވުމަށް އިސްރާއިލަށް އަމުރުކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ރާއްޖޭގެ ފަރާތުން އަންނަނީ އަބަދުވެސް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved