May 1, 2026
Advertisement
އިންސާފަށް ގޮވާލާ ކުރިޔަށް ގެންދިޔަ ހިނގާލުމެއް
އިންސާފަށް ގޮވާލާ ކުރިޔަށް ގެންދިޔަ ހިނގާލުމެއް / އެޑިޝަން.އެމްވީ

މަރު ކޮމިޝަނުގެ މައުލޫމާތު ހިއްސާ ނުކުރަން ރައީސް އޮފީހުން އަންގައިފި

Aishath Naja
އައިޝަތު ނަޖާ
May 14, 2024, 06:26 PM
މާލެ ސިޓީ

ނިމިދިޔަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ހޯދުންތައް ރައީސް އޮފީހުގެ ހުއްދަ ނެތި އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަަށް އެންގިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން ޗެނަލް 13 އިން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް ގުޅުމުން ޖަވާބު ދެއްވާފައި ނުވެއެވެ. އަދި ކުރި މެސެޖަށް ވެސް ޖަވާބެެއް ދެއްވާފައި ނުވެއެވެ.

މަރު ކޮމިޝަންގެ ހޯދުންތައް ހާމަކުރުމަށް ގޮވާލައި ރާއްޖެ އާއި ބައިނަލްއަގްވާމީ 6 ޖަމިއްޔާ ހިމެނޭހެން ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ޖަމިއްޔާތަކުގެ ތެރޭގައި ވީއާ ޔާމީން, ނޫސްވެރިންގެ ޖަމިއްޔާ, އެސޯސިއޭޝަން ފޯ ޑިމޮކްރަސީ, ހިއުމަން ރައިޓްސް ވޮޗް, ރިޕޯޓާސް ވިތައުޓް ބޯޑާސް, ޓްރާންސްޕޭރެންސީ މޯލްޑިވްސް, އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އަދި ވެސް ބައިވަރު ޖަމިއްޔާތައް ހިމެނެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ރައީސް އޮފީހުން ވަނީ އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައެވެ.

މިކަމާ ގުޅިގެން އަދި އެ ކޮމިޝަންގެ ފަރާތުން ބަހެއް ލިބިފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved