May 1, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެޑިޝަން.އެމްވީ

ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލުނުކުރާ މައްސަލަ ބަލަންފަށައިފި

Aishath Naja
އައިޝަތު ނަޖާ
May 15, 2024, 06:50 PM
މާލެ ސިޓީ

ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް އޮފީހުން އާރްޓީއައި ގާނޫނަށް އަމަލު ނުކުރާ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މަހޯލި ޕޯޓަލް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުގެ ތަފުސީލު ހޯދުމަށް އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" އިން ހުށަހެޅުމުން ޖަވާބެއް ނުދިން މައްސަލަގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއަދު ކުރިޔަށްދިޔަ އެ އަޑުއެހުމަށް ވެސް ރައީސް އޮފީހުގެ ލީގަލް ޓީމުން ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ގޮތެއް ނިންމާ ތިން ދުވަހުގެ ތެރޭ އެ މައުލޫމާތު ރައީސް އޮފީހުން ދިނުމަށް އެންގުމަށްފަހު އެ ކޮމިޝަނުން ވަނީ ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލު ނުކުރާ މައްސަލަ އައިކޮމް އިން ބަލާނެ ކަމަށް ބުނެފައެވެ.

ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާ ކުރާއިރު ސަރުކާރުގެ ގިނަ ކަން އަންނަނީ ފޮރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved