May 2, 2026
Advertisement
ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ / ވަން އޮންލައިން

ވެރިކަމުގައި ތިބީ ޑިޕްލަމަސީގެ ތަޖްރިބާ ނެތް، އިލްމީ ގޮތުން ބަލިކަށި އަދި ތަޞައްވުރެއް ނެތް ބައެއް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
May 16, 2024, 06:48 PM
މާލެ ސިޓީ

ވެރިކަމުގައި ތިބީ ޑިޕްލަމަސީގެ ތަޖްރިބާ ނެތް، އިލްމީ ގޮތުން ބަލިކަށި އަދި ތަޞައްވުރެއް ނެތް ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ކިތަންމެ އުމުރުން ހަނގަކަސް ޒިންމާ ބޮޑު ވަޒީރުންގެ ކިބައިން ފެންނަންވާނީ ހަރުދަނާ ކަމާ ދުރުވިސްނުން ކަމަށެވެ.

މިފަހަރުވެސް ސީދާ ދޮގު ހެެއްދެވިކަން އޮތީ ހާމައަަށް ކަމަށާއި، ހެލިކޮޕްޓަރ ދުއްވޭނެ ޕައިލެޓުން އަސްކަރިއްޔާގައި ނެތްކަމަށް ވިދާޅުވި އިރު އެއީވެސް ބޮޑު ދޮގެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ބޭލިއްޖެ ކަމަށް ވިދާޅުވި އިރު އެއީ ވެސް ދޮގެއްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކުރީ ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރާނެ ކަމަށް ބުނުމަށްފަހުގައި ކަމަށާއި ވެރިކަމަށް 6 މަސް ވެގެންދިޔަ އިރުވެސް އެކަން ނުކުރެވޭ ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ އަދުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ޑިޕްލަމަސީގެ ތަޖްރިބާ ނެތް، އިލްމީ ގޮތުން ބަލިކަށި، ތަޞައްވުރެއް ނެތް ބައެއް ވެރިކަމުގައި ތިބިކަން އިންޑިޔާއަށް އަށް އެނގޭ ކަމަށާއި މި ސަރުކާރުން އިންޑިޔާއަށް ބަސްނުބުނެވޭ ވަރަށް ސަރުކާރުގެ ހާލުދެރަ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

އިންޑިޔާގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ތަފާތު ކޮށް ރައީސް މުއިއްޒު ކުރައްވާ ހަމައެކަނި ކަމަކީ ހަގީގަތް އޮޅުވާލުން ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved