April 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ސަރުކާރު ތެރޭގައި އޮތީ ކަން ކަން އިސްލާހްކުރުމުގެ ބަދަލުގައި ވެރިން ރުއްސުން: މަލީހް

Aishath Naja
އައިޝަތު ނަޖާ
May 16, 2024, 08:41 PM
މާލެ ސިޓީ

ސަރުކާރު ތެރޭގައި އޮތީ ކަންކަން އިސްލާހް ކުރުމުގެ ބަދަލުގައި، ވެރިން ރުއްސުން ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

އެގޮތުން މަލީހް ވިދާޅުވީ ދިވެހި ސަރުކާރުގެ ގިނަ މުއައްސަސާތަކުގައި އަދިވެސް އޮތީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމުގެ ބަދަލުގައި ވެރިން ރުއްސުމާ ދާއިމަށް ވަޒީފާގައި ހޫނުނުކާ ތިބުމުގެ ދެރަ ވިސްނުން ކަަމަށެވެ.

ރާއްޖޭގައި ހައްލުނުވެ ހުރި ކަންކަން ރަނގަޅު ކުރެވޭނީ ކަޅަށް ކަޅޭ ހުދަށް ހުދޭ ހޮޅިއަަށް ހޮޅިއޭ ބުނެގެން ކަމަށް ވިދާޅުވެ މަލީހް ވަނީ ޕޯސްޓްގައި ކަންބޮޑުވުންފާޅުކޮށްފައެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ އިދިކޮޅުގައި އޮވެ، ކުރީ ސަރުކާރުން ރާއްޖޭގެ ހާލަތު ރަނގަޅު ނުކޮށްގެން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔަމުން އައި ބަޔެކެވެ.

އެކަންކަން ރަނގަޅު ކުރާނެ ކަމުގެ އުންމީދު ރައްޔިތުންނަށް ދިނުމަށްފަހު ވެރިކަން ހޯދި އިރު، ވެރިކަމަށް 6 މަސް ވަނީ ފުރިފައެވެ.

އިސްލާހު ކުރެވުނު ކަމެއް ނެތްއިރު، އިސްލާހްކުރާނެ ކަންކަން ވެސް ސަރުކާރަށް ބުނެނުދެވޭ ކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved