March 12, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ޣައްޒާގެ ކާބޯތަކެތީގެ ނިޒާމު ހަލާކުކޮށް، ކާބޯތަކެތި ހަތިޔާރަކަށް ހަދައިފި: އދ

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 17, 2024, 10:51 PM
ޣައްޒާ

ނިރުބަވެރި ޔަހޫދީން ޣައްޒާގެ ކާބޯތަކެތީގެ ނިޒާމް ހަލާކުކޮށްލައި، ކާބޯތަކެއްޗަކީ ޣައްޒާއާއި ދެކޮޅަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިފި ކަމަށް އދ އިން ބުނެފިއެވެ.

Advertisement

އދ އިން މިހެން ބުނެފައިވާއިރު، އދ ގެ ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި އިސްރާއީލުން ބޮމުގެ ހަމަލާތައް ދީ، ވަށާލުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މުޅި ދުނިޔޭގައި ވެސް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ މީހުންގެ 80 ޕަސެންޓަކީ މިހާރު ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުންނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މިވަގުތު ޣައްޒާގެ ކޮންމެ މީހަކު ވެސް ބަނޑަށްޖެހި، އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑުހައިހޫނުކަމާއި، ކާބޯތަކެއްޗާއި ބޯފެން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާގެ އެއްގަމު ހަމަލާތައް ފެށުނު ފަހުން ހަލާކުވެފައިވާ، ގާތްގަނޑަކަށް %22 ދަނޑުބިންތަކުގެ ތެރޭގައި ބަގީޗާތަކާއި ގްރީންހައުސްތައް ހިމެނެއެވެ.

އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 24،000 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަކޮްށްލެވެއެވެ.

ފަލަސްތީންއިޒްރޭލުޣައްޒާ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved