March 19, 2026
Advertisement
އިޒްރޭލަށް ވާގިވެރިވާ ކަމަށް ބުނެ ކޮކާ ކޯލާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދިވެހި ޒުވާނުން ގޮވާލައިފި
އިޒްރޭލަށް ވާގިވެރިވާ ކަމަށް ބުނެ ކޮކާ ކޯލާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދިވެހި ޒުވާނުން ގޮވާލައިފި / ސޯޝަލް މީޑިއާ

އިޒްރޭލަށް ވާގިވެރިވާ ކަމަށް ބުނެ ކޮކާ ކޯލާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދިވެހި ޒުވާނުން ގޮވާލައިފި

Aminath Zara
އައިމިނަތު ޒާރާ
May 19, 2024, 10:58 PM
މާލެ ސިޓީ

އިޒްރޭލަށް ވާގިވަރިވާ ވިޔަފާރިއެއް ކަމަށް ބުނެ ކޮކާ ކޯލަގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ބޮއިކޮޓް ކުރުމަށް ދިވެހި ޒުވާނުން ގޮވާލައިފިއެވެ.

Advertisement

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން ދަނީ އަބަދުވެސް އަޑު އުފުލާ، ވެވެން އޮތް ގޮތްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިވެހި ޒުވާނުން މާލެ އެއިރޭޓެޑް ވޯޓާ ކޮމްޕެނީ އަށް ފޮނުވައިފާ ސިޓީގައި ކޮކާ ކޯލާގެ ކުންފުނީގެ ބާވަތްތައް ރާއްޖޭގައި އުފައްދާ ވިއްކުން ހުއްޓުމަކަށް އަންނަން ދެން އެ ފަރާތްތަކުން ކޮކާ ކޯލާއާއި ދެކޮޅަށް ކެމްޕެއިންގ ހިންގައި މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޕިއްޒާ ހަޓް އަދި ކޭ.އެފް.ސީ ބޮއިކޮޓް ކުރުމަށްވެސް ދިވެހި ޒުވާނުން ވަނީ މިދިޔަ ހަފްތާ ތެރޭގައި އެއްވުމެއް ބާއްވާފައެވެ. މި އެއްވުމުގައި އިޒްރޭލުން ކުރަމުންދާ އަނިޔާ ކުށްވެރިކޮށް، އިޒްރޭލަށް ފަންޑް ކުރާ ހުރިހާ މަގުތަކެއް ބަންދުކުރުމަށާއި އަދި އެ ގައުމުގެ ޕާސްޕޯޓް ރާއްޖޭގައި ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް ގޮވާލައިފައިވެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ އަޑު، އަދި މުސްލިމް ގައުމެއް އެއްކޮށް ނެތިކޮށްލަމުން ދާއިރު ޕޯސްޓެއް ޖެހުން ފިޔަވާ އިތުރު ފިޔަވަޅެއް ސަރުކާރުން ކުރާ ތަނެއް ފެނިފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved