March 18, 2026
Advertisement
ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީނަށް އޮތް ތާއީދުގެ ފަހަތުގައި ވަނީ ފައިސަލް ކަމަށް އޭނާ ދައުވާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 20, 2024, 12:36 AM
މާލެ ސިޓީ

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރު އަދި އެންމެ ގިނަ މީހުންގެ ލޯބި ހޯއްދެވި ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި އަދި ގަންނަވަމުން ދާ ފުރިހަމަ ތާއީދުގެ ފަހަތުގައި ހުންނެވީ އަދުގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލްކަމަށް އޭނާ ދައުވާ ކުރައްވައިފިއެވެ.

Advertisement

ސަންގު ޓީވީގެ "ސަރުކާރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި މަގްބޫލު ބޭފުޅެއް ނޫންކަމަށާ އެގޮތުން ޖަލްސާއެއް ބާއްވަލަން ވެސް މީހުން ހަމަވަނީ މ. ދިއގަރާ ލ. ފޮނަދޫއާ ތ. ގުރައިދޫއިން އެކަނި ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފައްދަން ވެސް މީހުން ހަމަ ކުރީ އޭނާގެ އުމުރުން 16، 17 އަހަރުގައި އެކި ރަށް ރަށަށް ވަޑައިގެން ފޯމު ހަމަކޮށްގެން ކަމަށް ފައިސަލް ދައުވާ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް ސިޔާސީ ހަޔާތެއް ހޯދަ ދިނީ ލާމުން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ރައީސް ޔާމީނާ މެދު ހިތްޕުޅާ ނުވެ ބަހުގެ ހަމަލާ ދެއްވަމުން ގެންދަވަނީ ކީއްވެކަމެއް ނަމަވެސް ފައިސަލް ހާމަކުރައްވާފައިނުވެއެވެ. ނަމަވެސް ފައިސަލް ތުހުމަތު ކުރައްވާ ގޮތުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާ އަދި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފައިސަލަށް ފާޑުކިޔުއްވަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ.

ފައިސަލް މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، ފައިސަލް ހުންނެވި މަގާމަށް ފައިސަލް ކުފޫ ހަމަނުވާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އަފީފާ
May 23, 2024, 05:03 AM
އޭނާ ވެސް އެކަމަށް އެއްބަސް ވެލައްވަ ނޫން ތޯ! ކުފުހަމަނުވެގެން ކިޔަވާ ވާހަކަ އެބަދައްކަ އެއް ނޫން ތޯ 🤣😂
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved