![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J85EDDEVQPQMVBEN34B15PFB.jpg)
![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J85EDDJ0FTGHQYK4KJX8MZQZ.jpg)
ޅެމުން ނަފުސާނީ ބައްޔަށް ފަރުވާދޭނެކަން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބުރާހިމް ވިދާޅުވެ، "ޅެން ފަރުވާ" ގެ ނަން ދިނުމުން، ޅެމުން ލިބޭނެ ޝިފާއެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި ވެސް ނެތްކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ކީރިތި ގުރުއާނަކީ ޝިފާއެއް ކަމަށެވެ. އެހެންނަމަވެސް ޅެމުން ފަރުވާ ހޯދުމުގެ ދަލީލެއް ގުރުއާނަކުން ނުވަތަ ދީނުގެ މަޞްދަރަކުން ލިބިފައި ނުވާކަމަށެވެ.
ޅެމުން ނަފުސާނީ ބައްޔަށް ފަރުވާދޭނެކަން ވަޒިރު އާދަމް ނަޞީރު ވިދާޅުވެފައިވާއިރު އެއީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކުރައްވާ ކަމެއްްގެ ގޮތުގައި ޑރ ޖަމީލް ވަނީ ސިފަ ކުރައްވާފައެެވެ.
އެގޮތުން ސަރުކާރެއްގެ ސިޔާސަތު ހިންގުމަށް ދޯހަޅި ބަޔަކު އިސްވެއްޖެނަމަ ހީނުކުރާ ޒާތުގެ ކަންތަކުގައި ޓެކްސް ފައިސާ ހޭދަ ކުރާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ "ޅެމުން ފަރުވާ" އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަދި ގައުމިއްޔަތު ދިރުވުމަކީ މިއެެއް ނޫންކަމަށާއި މިއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށް ވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ޅެމުން ނަފުސާނީ ބައްޔަށް ފަރުވާދޭނެކަން ވަޒީރު އާދަމް ނަޞީރު އިބުރާހިމް އިއުލާނުކުރެއްވީ މި އަހަރުގެ ޅެންވެރީންގެ ދުވަހުއެވެ.