March 23, 2026
Advertisement
ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ޝިފާގު ވާހަކަ ދައްކަވަނީ
ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ޝިފާގު ވާހަކަ ދައްކަވަނީ

ދިވެހީންގެ ރާއްޖެ އޮތީ އެޑްވައިޒަރެއްގެ އަތްދަށުވެފައި: ޝިފާގު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 4, 2024, 07:47 PM
މާލެ ސިޓީ

ދިވެހީންގެ ރާއްޖެ އޮތީ އެޑްވައިޒަރެއްގެ އަތްދަށުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީގެ ކުރިގެ ސެކެރެޓަރީ ޖެނެރަލް ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.

Advertisement

ޝިފާގު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ޝިފާގު ވިދާޅުވީ މިހާރު ގައުމުގައި އޮތް ހާލަތަކީ ލަވައެއްގައި ކިޔާ މަންޒަރެއް ފަދަ ހާލަތެއް ކަމަށެވެ. އެގޮތުން ޝިފާގުވަނީ އެ ލަވައިގެ އެ ޅެން ބަހުރުވަ ވިދާޅުވެފައެވެ.

މިއަދު ކޮބައިތޯ ވެރިކަމުގެ ހާލަތަކީ؟ އަޅުގަޑުމެން ވަރަށް ގިނައިން އަޑު އަހާ ލަވައެއް. އަޑަފި ނަގައިގެން ޖޯލިފަތީގައި. ދުފަން ފަށާފައި ހަޅޭއް ޖަހާނޭ. މުހައްމަދު މިތަނަށް ބަހީ ބަލާށޭ ދުންފަތް ކޮޅަކާ ކައިރު ހިފައިގެން. އަޅަ އިތިކޮށް ދުވެފަ އަބްދުއްރަހީމު ކައިރިއަށް ދުންފަތްކޮޅާ ކައިރު ހިފައިގެން މި އަންނަނީ މުއިއްޒުއޭ! މިހާލަތަށް މިއަދު ދިވެހިރާއްޖޭގެ އޮނިގަޑު ގޮއްސަ މިއޮތީ

ޝިފާގު

ޝިފާގު ވިދާޅުވީ، ސަރުކާރުގެ ހުންގާނުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަތުން ދޫވެގެން ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށާ ލަގަން ދޫވެއްޖެ ނަމަ ދެން ކަރުނަ އަޅާ ރޯން ޖެހުން އޮންނާނީ ދުުރުގައި ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved