" އިއްޔެ އަދު ރޭ" ވަނީ އެތައް ރައްޔިތުންނެއްގެ ހުވަފެންތަކާއި އުންމީދުގައި ކޮޅުފައިން ޖަހައިފައި ކަމަށް ޕީއެންސީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޝިފާޤް (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ހިސްޓޯ މިފަދައިން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ފްރަންޓް އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަ ދައްކަމުންނެވެ.
އެގޮތުން ހިސްޓޯ ވިދާޅުވީ، އެކި ބަހަނާތައް ދައްކައި އެތައް ރައްޔިތުންގެ އުންމީދުތަކުގައި "އިއްޔެ އަދު ރޭ" ކޮޅުފައިން ޖަހައިފި ކަމަށެވެ.
މިފަދައިން އޭނާ ވިދާޅުވެފައި މިވަނީ ޕީޕީއެމް ޕީއެންސީ ތެރޭގައި ބައެއް މީހުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިލެވޭ ގޮތައް ހަދައިފައި ވުމާއި ގުޅިގެން ކަމަށް ލަފާކުރެވެއެވެ.
ބަހަނާ ދައްކައިގެން އިއްޔެ އަދު ރޭ އެތައް ބަޔަކު، އެތައް ބައެއްގެ ހުވަފެންތަކުގައި، ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފި ދިވެހިރާއްޖޭގައި ވެރިކަން ކުރާ މައި ދެ ސިޔާސީ ޕާޓީން
އިތުރަށް އޭނާ ވިދާޅުވީ، ވެރިކަން ކުރާ ސިޔާސީ ދެ ޕާޓީން، ދިވެހިރާއްޖޭގެ ސިޔާސީ ޝަޚްސިއްޔަތު ވެސް ކަތިލައިފައިވާކަމަށެވެ.
ދެން ކޮން ހިސާބަކުންތޯ މި ރާއްޖެއަށް ދިވެހިންނަށްޓަކައި ސަރުކާރުން ވީ ވައުދުތައް ހަގީގަތަކަށް ހައިދިދޭނީ ސުވާލު އުފައްދާފައެވެ.
މި ވާހަކަތައް ހިސްޓޯ ދައްކައިފައި މިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އެތައް ހަމަނުޖެހުމެއް ހިނގަމުން ދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.