May 26, 2026
Advertisement
ނޭޕާލް މީހެއް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި 10 ދުވަހަށް އެކަކު ބަންދުކޮށްފި
ނޭޕާލް މީހެއް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި 10 ދުވަހަށް އެކަކު ބަންދުކޮށްފި / ސޯޝަލް މީޑިއާ

ނޭޕާލް މީހެއް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި 10 ދުވަހަށް އެކަކު ބަންދުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
May 25, 2024, 11:27 PM
މާލެ ސިޓީ

މާފަންނު ގެސްޓް ހައުސް އެއްގައި މީހަކު ރަހީނު ކޮށްގެން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Advertisement

"ސްކައި ލޭންޑް" ނަމަކަށް ކިޔާ، ވީބީ މާޓް ގޯޅި ތެރޭގައި ހުރި މި ގެސްޓް ހައުސްގައި ނޭޕާލްއަށް ނިސްބަތްވާ ފިރިހެނެއް ގެންގުޅެމުން އަންނަތާ ހަފްތާއެއް ވެފައި ވަނިކޮށް ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް އިން ރޭގެ ވަގުތެއްގައި ވަނީ އެމީހާ ސަލާމަތްކޮށްފައެވެ.

މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެކަކު ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ދެ މީހުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އަމަލަކީ ފައިސާގެ މުއާމަލާތްތަކާއި ގުޅުން ހުރި މައްސަލައެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved