ދިވެހި ބަހުގެ ވުޒާރާގެ 6 މަސް ދުވަހުގެ ސްޓްރެޓަޖިކް މެނިފެސްޓޯއިން ހާމަކޮށްދެނީ މުއިއްޒު ސަރުކާރުގެ ނާގާބިލު ތަޞައްވަރު: މުހައްމަދު ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ
ހަބަރު
ދިވެހި ބަހުގެ ވުޒާރާގެ 6 މަސް ދުވަހުގެ ސްޓްރެޓަޖިކް މެނިފެސްޓޯއިން ހާމަކޮށްދެނީ މުއިއްޒު ސަރުކާރުގެ ނާގާބިލު ތަޞައްވަރު: މުހައްމަދު ޖަމީލް އަހްމަދު
Aminath Zara
އައިމިނަތު ޒާރާ
26 މޭ 2024
މާލެ ސިޓީ

ޑރ މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ތަޞައްވަރު ދިވެހި މަހުގެ މިނިސްޓްރީގެ ބައްދަލުވުމަށްފަހު ވަރަށް ރަނގަޅަށް ހާމަވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ފާއިތުވެ ދިޔަ 6 މަސް ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 22 ކައުންސިލަކާ ބައްދަލުކުރުން، 38 ވަކިވަކި ފަރާތްތަކާއި ބައްދަލުކުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެހެނިހެން ވުޒާރާތައް ހިމެނޭގޮތަށް 28 މުއައްސަސާއަކާއި ބައްދަލުކުރުން، އަމިއްލަ ކުންފުނި އަދި މަދަނީ 28 ޖަމިއްޔާތަކާއި ބައްދަލުކުރުން، 8 ސަފީރަކާއި ބައްދަލުކުރުން، 15 ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދިނުމާއި، 40 ރަސްމިއްޔާތެއްގައި ބައިވެރިވުމާއި، އެހެން ފަރާތްތަކުން ތަސްނީފް ކުރި 4 ފޮތެއް ނެރެދިނުން، އެއް ޔޫޓިއުބް ޗެނަލް އާއި ވެބްސައިޓެއް ހުޅުވާދިނުން، އެއް ނޫސް އަދި 10 ފޮންޓް އިފްތިތާޙް ކުރުން، އެކި ޗެނަލްތަކަށް 34 އިންޓަވިއު ދިނުން، 4 ޕްރޮފްރާމެއްގައި ރަސްމީކޮށް ބައިވެރިވުމާއި ރޭޑިއޯ އިންޓަވިއުތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް މިނިސްޓަރު ބުނެފައިވެއެވެ.

ޑރ ޖަމީލް ޓްވިޓާގައި ކޮށްފައިވާ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާ މިފަދަ ނާގާބިލް ބަޔަކަށް ހޭދަކުރުމަށްވުރެ، އުޖޫރަ ހައްގުވާ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން މާ ރަނގަޅުކަމުގައެވެ. ސަރުކާރަށް 6 މަސް ވެގެން ދިޔައިރު، ސަލާން ޖަހައިގެން ފައިސާކޮޅު ހޯދަން މަސްވެރިންނަށް މިވަނީ މަޖުބޫރުވެފައެވެ. މީގެ ބަދަލުގައި މަސްވެރިން މަހަށް ނިކުތް ކޮންމެ ދުވަހަކަށާއި، ދޮށި އުކާފައިވާ ކޮންމެ ފަހަރަކަށް ފައިސާ ޚަރަދުކުރުން މިއަށްވުރެ މާ ހައްގުވެރި ކަމަށް ޖަމީލް ފާހަގަކޮށްފައިވެއެވެ.

ސިޔާސީ މަގާމުތައް ގިނަ ވުޒާރާއަކުން ހާސިލްކުރަން ހައްގު މިންވަރަކީ މިއީތޯ ދިވެހި ކޮންމެ ރައްޔިތަކު މިއަދު ސުވާލު އުފައްދާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved