ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަވަސްކުރަން ވިދާޅުވެވޭނެ ކަމަށް ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްލަތީފު ހަސަން (އަބްތީ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްސަލަ ލަސްވާ ލަސްވުމުގެ ކަންބޮޑުވުންތަކާ އެކު ޗެނަލް13އަށް ދެއްވި އިންޓަރވިއުއެއްގައި އަބްތީ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ވަރަށް ބޮޑަށްވެސް އިންސާފު ނުލިބި ލަސްވެއްޖެ ކަމަށެވެ. އަދި ޖުޑިޝީއަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާ އެގޮތުން ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު އިންނަވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެކަން ބަދަލުވެގެން ދިޔަ މަންޒަރު ފެނިފައިވާކަމަށް ވެސް އަބްތީ ވިދާޅުވިއެވެ.
އަބްތީ ވަނީ ރައީސް ޔާމީންގެ މައްސަލއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހައި ކޯޓުގައި އޮތް މައްސަލައެއް އަވަސްކުރުމަށް ގޮވާލެވޭނެ. ނުފޫޒު ނުފޯރުވާ ނަމަ އެ ވަރުކޮށްލަން ނުކެރެވެންވީ ސަބަބެއް ނެތް.
އަބް=ުތީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާކަމަށާ ކޮންމެ ބާރަކުންވެސް އެހެން ބާރުތަކަށް ނުފޫޒު ފޯރުވާ ކަމަށެވެ.
އަބުތީ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން، ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވި ނަމަވެސް ވެރިކަމަށް 2 މަސް ދުވަސް ފުރިފައިވާއިރު، މި ސަރުކާރު ފެށުނު އިރުވެސް ހުކުމާ ހަމައަށް ވާސިލްވެފައި އޮތް ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދަނީ ދިގު ދަންމަމުން ކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މިހާރު ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދިގު ދަންމަނީ އެމަނިކުފާނު އުފައްދަވާ އައު އިން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުކުމެ ބޮޑު ތާއީދާއެއް ހޯދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.