March 10, 2026
Advertisement
މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި
މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި / ސޯޝަލް މީޑިއާ

މަޖިލީހުގައި ވަނީ ނުކިޔަވާ ކުދިންގެ އީދު އައިސްފައި: ޑރ. ޖަމީލް

Aishath Alaina
އައިޝަތު އަލައިނާ
May 29, 2024, 06:33 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލިސް ހީވަނީ ނުކިޔަވާ ކުދިންގެ އީދު އައިސްފައި އޮތްހެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވަނީ، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލު އާންމަކީ “ދެގައުމެއްގެ” ދާހިލީ ކަމެއްކަމަށް ބުނި ބުނުމަށް ފާޑުކިޔުއްވާފައިއެވެ.

ޖަމީލު ވިދާޅުވީ ފަލާހު ބުނަން އުޅުނީ އިނގިރޭސި ބަހެއް ބޭނުންކޮށްގެން މޮޅު އެއްޗެއް ކަމަށާއި އެހެންނަމަވެސް ފޮރިން އޭ ބުނުމަށް ފަހު ފަލާހު ވަނީ ވިދިފައިކަމަށެވެ.

މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ ކަމެއް ކުރަން ނިކުންނަން ވާނީ އެކަން ވާވަރުން ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެން ދަނީ މިމަޖްލިހުގެ ރައީސާ ހަމައިން ފެށިގެން ގިނަ މެމްބަރުން ފެނުނީމަ ހީވަނީ ނުކިޔަވާ ކުދިންގެ އީދު އައިސްގެން އުޅޭހެން ކަމަށެވެ.

މި ސަރުކާރުން އެންޑޯސްކޮށްގެން މަޖިލީހާއި މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވާނީ ތައުލީމީ ބޭފުޅުން ކަމަށް ރައިސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައިއެވެ. ނަމަވެސް ފެންނަމުން މިދަނީ މިއާއި މުޅިން ދެކޮޅު މަންޒަރުތަކެކެވެ.

ކޮމެންޓު
ކޮމެންޓްތައު
ޖަމީލު
Jun 5, 2024, 04:21 AM
"ނުކިޔަވާ" ކަމަށް ތިޔަ ބުނާ މީހާއަށް އެ ފުރުޞަތު ފަހިކޮށްދެއްވީ ރައީސް ޔާމީން. އެ ފުރުޞަތު އޭނާއަށް ލިބުނީ 2 ޕާޓީ ހިންގުން ޔާމީން އޭނާއާ ޙަވާލުކުރެއްވީމާ. އެހެން ނޫންނަމަ، އެ ފުރުޞަތު އޭނާއަށް ލިބުމަކީ ދުރުކަމެއް. އޭރު ޔާމީނަށް ވިސްނިވަޑައެއް ނުގެންނެވި އެއީ "ނުކިޔަވާ" ހުރި މީހެއް ކަމެއް. އޭރު އެއަށްވުރެ ހިންގުންތެރި އަދި "ކިޔަވައިގެން ހުރި" ކުޅަދާނަ މީހަކު ނެތްކަމަށް ޔާމީން ގަބޫލުކުރެއްވީމާ ވީގޮތް އެއީ.
ފައިސް
Jun 4, 2024, 12:02 PM
ކަލޭ އާދެބަލަ މަ ކަނޑާހެން މަހެއްކަނޑާލަން.... ނޭގޭނެ... ދެން ކޯއްޗެއް ކިޔަވައިގެން ތިހުރީ... ތިޔަކިޔެވި އެއްޗަކުން މަމެންނަކަށް އެއްވެސް ފައިދާއެއް ނުކުރޭ...
Huthaa
May 30, 2024, 01:25 AM
Hoakoh Thibonoo.
fesshi
May 29, 2024, 08:20 PM
Koment jehi asif mihaar husjahanee molhuvaahaka. Jahaabala 6mase vee eruves 1vanagiyaru kiyaafa jehifahuree 5 giyaruga. Kithan ministry thoa vannaane thaneh nulibi thibee. Giyaru than haadha kureega huree. Offeehakan 35_60 shiyashee meehun. Vaanuvaa ves naygay mimeehunan. Photo nagaafa twitter kurun eganee. Hingumuge kamehves nayge. 😊
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved