June 23, 2026
Advertisement
ބޮޑެތި ބާރުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުން ހޯމް މިނިސްޓްރީގެ ދަށަށް!
ބޮޑެތި ބާރުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުން ހޯމް މިނިސްޓްރީގެ ދަށަށް! / -

ބޮޑެތި ބާރުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުން ހޯމް މިނިސްޓްރީގެ ދަށަށް!

Jun 22, 2026, 07:56 PM
މާލެ ސިޓީ

ބޮޑެތި ބާރުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ  މޯލްޑިވްސް ޑިޖިޓަލް ސާވިސް އަށް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފިއެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު" ގެ އިބްތިދާއީ ބަހުސް ވަނީ ބާއްވާފަ އެވެ. މި ބިލު ފާސްވުމުން، ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ޑިޖިޓަލް ސާވިސް ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ އެއް މުއައްސަސާއަށެވެ.

މި ބިލުގެ ދަށުން އެ މުއައްސަސާއަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވޭނެއެވެ. އޭގެ ތެރޭގައި:

ބިލުގައިވާ ގޮތުން، ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމުގައި ހުންނަ މައުލޫމާތުތައް ބެލޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ޑޭޓާ ޑުޕްލިކޭޓް ކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

 މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ އެންމެ އިސްވެރިއަކަށް ހުންނަވާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. މި މަގާމަށް މީހަކު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. މުއައްސަސާގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރެވެ. ނަމަވެސް، ކޮމިޝަނަރު އައްޔަނުކުރުމުގައި މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާތީ، މުއައްސަސާ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ ދައުރު ހަނިވެގެންދާނެ ކަމަށް ބިލުން ފާހަގަކުރެވެއެވެ.

މި މަގާމަށް އައްޔަނުކުރެވޭނީ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީއާއެކު 12 އަހަރުގެ ތަޖުރިބާ ނުވަތަ ޕީއެޗްޑީއާއެކު 8 އަހަރުގެ ތަޖުރިބާ ހުރި ދިވެހިންނަށެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އަކުންނެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާ އާއި، ހޯމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ދާއިރާގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

މި ބިލާ ގުޅޭގޮތުން އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި، މުއައްސަސާގެ ބާރުތައް ހުރި ގޮތުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރާފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved