March 12, 2026
Advertisement
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޕީއެންސީގެ ޕީޖީ ގުރޫޕަށް ޑރ. ޖަމީލުގެ ސުވާލެއް!

Aishath Alaina
އައިޝަތު އަލައިނާ
May 30, 2024, 06:29 PM
މާލެ ސިޓީ

ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް އަމާޒުކޮށްފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވަނީ، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލު އާންމަކީ “ދެގައުމެއްގެ” ދާހިލީ ކަމެއްކަމަށް ބުނި ބުނުމަށް ފާޑުކިޔުއްވާ ސުވާލު އަމާޒުކޮށްފައެވެ.

ޑރ. ޖަމީލުގެ ޕޯސްޓުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލް ޢާންމަކީ ހަމަ ހަގީގަތުގައިވެސް ދޭދޭ ގައުމުގެ މެދުގައި އޮތްކަމެއްތޯ ސުވާލުކުރައްވާ މިއީ ލަދުވެތި އަދި ޖާހިލު ވާހަކައެއްކަމަށް ވިދާޅުވެފައިއެވެ.

ސާބިއާއިން ހިންގި ބޮސްނިޔާގެ މުސްލިމުންގެ ގަތުލު ޢާންމު ފާހަގަ ކުރުމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ވޯޓް ނުދެއްވީ ކޮން މަޞްލަޙަތެއް ޙިމާޔަތްކުރަންތޯވެސް ޑރ. ޖަމީލުވަނީ މި ޕޯސްޓުގައި ޕީއެންސީއަށް ސުވާލު ރައްދުކުރައްވާފައިއެވެ.

މީގެ އިތުރުން އެތަކެއްހާސް މުސްލިމުންގެ ގަތުލް ޢާންމުގެ ތަދު ރައީސް މުއިއްޒަށް އެއްވެސް ކަމަކަށް ނުވެގެން އުޅެނީ ކީތްވެތޯއާއި މާދަމާ ރައީސް މުއިއްޒު މިވާހަކަތަކަކީ އެނގިފައި ނެތް ވާހަކަ ތަކެއް ގޮތުގައި ވިދާޅުވެދާނެ ކަމާއި މެދުވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ މިކަމުން އެނގެނީ މިސަރުކާރުގެ މި އަމަލުތައް މުޅި އިސްލާމީ އުންމަތާއި ދެކޮޅުކަން ކަމަށާއި، ދީނީ އަގީދާއި ފުށުއަރާކަން ކަމަށެވެ.

ޑރ ޖަމީލްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ޕީއެންސީގެ ޕީޖީ ގްރޫޕަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved