March 12, 2026
Advertisement
ޑރ.ޖަމީލް
ޑރ.ޖަމީލް / ތޭރަ އޮންލައިން

ރައްޔިތުންގެ ފައިސާއިން ރައީސް މުއިއްޒު ކުޅުއްވަނީ ނާޗަރަންގީ: ޑރ. ޖަމީލް

Aishath Alaina
އައިޝަތު އަލައިނާ
May 31, 2024, 04:35 PM
މާލެ ސިޓީ

ރައްޔިތުންގެ ފައިސާއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުޅުއްވަނީ ނާޗަރަންގީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވަނީ މި ސަރުކާރުން ޔޫތު މިނިސްޓްރީގެ މުވައްޒަފުންނަށް މުސަރަ ދޭ މިންވަރު ހާމަކުރާ ފޮޓޯއެއް ހިއްސާކުރައްވާފައިއެވެ.

މި ފޮޓޯއާއި އެކު އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ސަރުކާރަށް ސުވާލުތަކެއް އަމާޒުކޮށްފައެވެ.

އެގޮތުން ޑރ. ޖަމީލު ވަނީ މި މުވައްޒަފުންނަށް މުސާރަދިނުމަށް އިސްރާފު ކުރަނީ ބަލި މީހުންނަށް ބޭނުންވާ ބޭސްފަރުވާގެ ފައިސާ ނުވަތަ ހޯދަންޖެހިފައިވާ ސާމާނަށްވާ ފައިސާކަމާއި މެދު ސުވާލު އުފައްދަވާފައިއެވެ.

މީގެ އިތުރުން މިއީ ކިތައް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ކަމާއި ކިތައް މުދައްރިސުންނަށް އިތުރު ކޮށްދެވިދާނެ އެލަވަންސް ކަމާއި މެދުވެސް އެމަނިކުފާނު ވަނީ ސުވާލުއުފައްދަވާފައިއެވެ.

އިތުރަށް ޑރ. ޖަމީލު ވަނީ މި ސަރުކާރުން މައުލޫމާތު ސިއްރުކުރާ ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާގައި ރައީސް ޑރ. މުއިއްޒު ސިޔާސީ ނާޗަރަންގީ ކުޅުއްވާތީ ކަމަށާއި، ޑރ. މުއިއްޒު އަކީ މިހާތަނަށް ރައްޔިތުންނަށް އެންމެ ގެއްލުން ބޮޑުކޮށް ސަރުކާރު ހިންގާ ރައީސްކަމަށްވެސް ވިދާޅުވެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved