May 1, 2026
Advertisement
"ސަރުކާރު" ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފަށައިފި
"ސަރުކާރު" ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފަށައިފި / ސޯޝަލް މީޑިއާ

"ސަރުކާރު" ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
May 31, 2024, 07:32 PM
މާލެ ސިޓީ

"ސަރުކާރު" ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފަށައިފިއެވެ.

Advertisement

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް މަޢުލޫމަތު ހާމަކުރައްވާފައިވާ ގޮތުގައި ރަސްމީކޮށް ނޫސް ލޯންޗް ކޮށްފައިނުވާ ކަމަށާއި، ވެބްސައިޓް މިހާރު ލައިވް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މިފަދަ ނޫހެއް ހިންގުމުގެ މަޤްސަދަކީ ސަރުކާރުގެ ހުރިހާ މިނިސްޓްރީގެ ޚަބަރުތައް އެއް ތަނަކުން ގެނެސްދިނުމަށް ކަމަށާއި މިފަދަ ނޫހެއްގެ ސަބަބުން އާންމުންނަށާއި މީޑިޔާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަބަރުތައް ވެސް ގެނެސްދޭނެ ކަމަށް ޚަލީލް ހާމަކޮށްފައިވެއެވެ.

ނަމަވެސް، މިއީ ސަރުކާރުން އެމީހުން ހިންގާ އަމިއްލަ އެޖެންޑާތައް ރައްޔިތުންނަށާއި މީޑިޔާތައް ފޮރުވައި އޮޅުވާލުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. މި ސަރުކާރު ހުވާ ކުރެއްވި ފަހުން ނޫސްވެރިންނަށް ދަނީ އެކި ގޮތްގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންކަން ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރުމަށްފަހު، މީޑިޔާތަކާއި އާންމުންގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ވަނީ މައްސަލަ އޮއްބައި މީޑިޔާތައް ގޯސްވާގޮތަށް ވާހަކަދައްކާފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޗެނަލް 13 ކުރި މަސައްކަތަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ހުރަސް އަޅަމުންދާއިރު، ނޫސްވެރިންނަށް ޖެއްސުމަށް ނުވަތަ އަމިއްލަ އެޖެންޑާތައް ކުރިއެރުވުމަށް މިފަދަ ނޫހެއް ހިންގުމަކީ ނޫސްވެރިން ނުވަތަ މީޑިޔާތަކަށް ކުރި ޖެއްސުމެއްކަން ޔަގީނެވެ. އަދި ސަރުކާރުން ދަނީ އާންމުންނަށާއި ނޫސްވެރިންނަށް ކަންކަން ހާމަނުކޮށް ފޮރުވަމުންކަން ފާހަގަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved