May 2, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ރައީސް ޔާމީނަށް ކެހިދީފާ އަދުރޭ އުޅެނީ ބައިސާ ކެނޑުމުގައި: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
May 31, 2024, 07:57 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެހި ދިނުމަށްފަހު، މަޖިލިސް ރައީސް އަދި ސަަރުކާރުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އުޅުއްވަނީ ބައިސާ ކެނޑުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަދުރޭއާ ބެހޭގޮތުން ފަރާތެއް ކޮށްފައިވާ ޕޯސްޓް ހިއްސާ ކުރެއްވުމަށްފަހު ޑރ ޖަމީލް ވިދާޅުވީ އަދުރޭގެ ހުތުރު އަހުލާގުން ޖީލެއް ގޯސްވުމުގެ ބިރު އެބައޮތްކަމަށެވެ.

ރައީސް ޔާމީނަށް ކެހި ދިނުމަށްފަހު ރައީސް ޔާމީންގެ ޕާޓީ އަތުލައިގަނެ އަދުރޭ އުޅުއްވަނީ ބައިސާ ކެނޑުމުގައި ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ އަދުރޭއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައެވެ.

ޑރ ޖަމީލް ހިއްސާކުރެއްވި ފަރާތުގެ ޕޯސްޓްގައި ވެސް ވަނީ އަދުރޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދުރޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް މުއިއްޒު ހަމަޖެއްސުމާއެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved