May 1, 2026
Advertisement
އުލިގަން ކާޑަށް ޖެހިފައިވާތާ 05 ދުވަސް – ސަރުކާރުން އަޅައެއްނުލި
އުލިގަން ކާޑަށް ޖެހިފައިވާތާ 05 ދުވަސް – ސަރުކާރުން އަޅައެއްނުލި / ސޯޝަލް މީޑިއާ

އުލިގަން ކާޑަށް ޖެހިފައިވާތާ 05 ދުވަސް – ސަރުކާރުން އަޅައެއްނުލި

Aminath Zara
އައިމިނަތު ޒާރާ
Jun 2, 2024, 08:37 PM
މާލެ ސިޓީ

ހއ. އުލިގަމުގައި ކާޑު ވިއްކާ ހަމައެކަނި އެޖެންޓު އަތުން ކާޑު ހުސްވެ ރަށު ރައްޔިތުން ކާޑަށް ޖެހިފައި ވަނިކޮށް، އެ އެޖެންޓު އަމިއްލަ އަށް ކައިރި ރަށަކުން ކާޑު އުލިގަމަށް ގެންދިއުމަށް އެސްޓީއޯ އިން އެދިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އުލިގަމުގައި ކާޑު ހުސްވެފައިވާތާ 05 ދުވަސް ވެފައިވާއިރު، އެސްޓީއޯ އިން އެ ރަށަށް ކާޑު ގެނެސް، ރަށުގެ ރައްޔިތުންނަށް ކާޑު ފޯރުކޮށްދެމުން ދަނީ އެންމެ އެޖެންޓެއް މެދުވެރިކޮށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގެ ސަބަބުން ރަށަށް ބޭނުންވާ ކާޑު ގެނައުމަށް އެ އެޖެންޓަށް ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ކާޑު ރަށަށް ގެނައުމަށް ކައުންސިލުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އަދި ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި މުއާމަލާތްކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު އެސްޓީއޯ އިން ވަނީ އެ ރަށުގައި ކާޑު ފޯރުކޮށްދޭ އެޖެންޓަށް ގުޅާ ކާޑަށް ވާ ފައިސާ ޓްރާންސްފަރކުރުމަށް އެދިފައެވެ.  އެހެންކަމުން ބުރާސްފަތި ދުވަހު އެ އެޖެންޓް ވަނީ އެސްޓީއޯ އަށް 30 ބަސްތާ ހަނޑޫ، 30 ބަސްތާ ފުށް އަދި 15 ބަސްތާ ހަކުރަށް ވާ ފައިސާ ޖަމާކޮށްފައިވެއެވެ. ނަމަވެސް ދެ ދުވަސް ވެގެން ދިޔައިރުވެސް އެސްޓީއޯއިން މި ޚިދުމަތް ފޯރުކޮށްދީފައިނުވާއިރު، އަމިއްލައަށް ކައިރި ރަށަކުން ކާޑު ގެނައުމަށް އަންގާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިންވެސް، މޫސުން ގޯސްވެގެން ދިމާވާ މިކަހަލަ މައްސަލަތަކުގައި ސަރުކާރުން އެހީތެރިވަމުން އަންނައިރު، ކާޑު ހުސްވެގެން 05 ދުވަސް ވީއިރުވެސް މިކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ހައްލެއް ނުގެނެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved