އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމަކީ ދެ ގައުމެއްގެ މައްސަލަތަކެއް ކަމަށް ވިދާޅުވުމާއެކު އަމާޒުވެގެންދިޔަ ފާޑުކިޔުންތަކަށް ޖަވާބެއް ދެއްވަން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އުޒުރުވެރިވެއްޖެއެވެ.
އެކަމާ ގުޅުވައި މިއަދު ޕީއެންސީ ޕީޖީ ގްރޫޕުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ފަލާހަށް ސުވާލެއް އަމާޒުކޮށްފައެވެ.
އެގޮތުން ޖަވާބުގައި ފަލާހް ވިދާޅުވީ މައުލޫއާ ގުޅޭ ވާހަކައަކަށް ނުވާތީ އެ ވާހަކަ މިއަދު ނުދައްކަވާނެ ކަމަށެވެ.
އަޅުގަނޑު ދެން އެކަންކަމަށް ދެން އެހާބޮޑަކަށް ދެއްތޯ ވާހަކަ މިއަދަކު ނުދައްކާނަން އެ މައުލޫއާ ގުޅޭ ކަމަކަށް ނުވާތީ އިނގޭތޯ
20 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރެއްވުމަށްފަހު ބޭއްވި ޕީއެންސީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ފަލަސްތީނުގައި އިޒްރޭލުން ހިނގަމުން ގެންދާ ގަތުލް އާންމުގެ ވާހަކައާ ގުޅުވައި ސުވާލު ކުރުމުން ފަލާހް ވަނީ ޖަވާބުގައި އެއީ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލަ އެއް ކަމަށް ވިދާޅުވެފައެވެ.
ފަލާހްގެ މި ޖަވާބާއެކު ގިނަ ބައެއްގެ ފާޑުކިޔުން ފަލާހަށާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕަށްވެސް ވަނީ އަމާޒުވެފައެވެ.