
ރާއްޖޭގެ ސިޔާސީ މައިދާނުގައި ޑިމޮކްރެސީގެ ހަޔާތުން މެއި 15 ވީ ހުކުރު ދުވަހުގެ ރެއަކީ ތާރީޚީރެއެވެ. ދުވަހަކަުވެސް ފެނިދާނެ ކަމަށް ގަބޫލުނުކޮށް އެތައް ބަޔަކު ތިބި ބޮޑު މަންޒަރެއް، ބޮޑޫ ސައްލާއަކާ އެކު ފެނިގެން ދިޔަރެއެވެ.
ސިޔާސީ މައިދާނުގައި އެކަކު އަނެކަކަށް ނުހަނު ބަހުގެ ހަމަލާތައްދީ ފާޑުކިޔުން އަމާޒޒުކުރި ތިން ބޭފުޅަކު އެކުގައި މަސައްކަތްކުރަން ނިންމީއެވެ. ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ހުކުރު ދުވަހުގެރޭ އެއް މޭޒެއްގެ ދޮށުގައި ތިއްބަވާ އެއްބަސްވުމަށް އައިސްފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ ޣައިރު ގާނޫނީ ކަންކަން ނިމުމަކަށް ގެނުވައި ގައުމު ހަމަ މަގަށް އަޅުވަން ށެވެ.
އެރޭގޭ ތާރީޚީ ބައްދަލުވުމަށް ފަހު ޕީއެންސީގެ ވެރިންނާ އެކްޓިވިސްޓުންވެސް ތެޅި ފޮޅެނީއެވެ. ރޭ ގަނޑުގެ ނިދި ނަގާލާ އެކްޓިވިސްޓު ކުދިން ކޮޅު ތިބީ ސޯޝަލް މީޑިޔާގައި ޑިފެންސަށް ކުޅެންށެވެ. ޕީއެންސީގެ ދުވަސް ހިނގައްޖެކަން ޔަގީންވެގެންނެވެ. މަތިން އޯޑަރު އައީ، ގަަދަޔަށް ޖެއްސުމަށެވެ.
މީގެ ކުރިން ބާކީކޮށް ފެއަށް ޖައްސާފައި ހުރި ހިސާބު ސޯގެ ފެކްޝަންވެސް އުޅުނީ އެކި ކަހަލަ ދޮގުތަކާއި ފުރައްސާރަކޮށް ރައްޔިތުންގެ ސިކުނޑިތަކަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ވަރަށް ހިންގާލާފައެވެ.
ފާޑުކިޔުންތައް ޕީއެންސީގެ ވަޒީފާގައި ތިބި އެކްޓިވިސްޓުން އެންމެ ބޮޑަށް އަމާޒު ކުރަމުން ދަނީ އެ ބޭފުޅެއްގެ ފޮޓޯއާ ހުސް ގޮނޑި ދައްކައިގެން ޕީއެންސީގެ ރައީސް ވެރިކަމަށް އައި ރައީސް ޔާމީނަށެވެ. އެމަނިކުފާނު ޖަލަށް ލީ މީހާ އާ އެކު މަސައްކަތް ކުރަނީ ކަމަށް ބުނެއެވެ. ކުރި އަނިޔާތައް ހަނދާން ނެތުނީ ކަމަށް ބުނެއެވެ. އަދި ވެސް ރަޑޭ ރަޑޭ ވާހަކަތަކެވެ.
ވެރިކަން ލިބުމާއެކު ރައީސް މުއިއްޒު ވަނީ ޔާމީން ބާކީކޮށް، ޕީޕީއެމް އުވާލައި، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހު ކުރިކަން އެބައި މީހުން ހަނދާނެއް ނެތެވެ. ރަައީސް ޔާމީނަށް ސަނާކީ ލީޑަރުން މިއަދު ވަނީ މަގާމާއި ފައިސާއަށް ވިކި، ރައީސް ޔާމީނާއި ޕީޕީއެމްއަށް ރައީސް މުއިއްޒު ދެއްވި "ދޯކާ" އާއި ވީ އިހުމާލު ފޮރުވުމަށް އަތުކުރި އޮޅާލާފައެވެ.
ރޭގަނޑު އަރާމު ނިންޖާ ތަންމަތިނުކޮށް މުޅި ސަރުކާރު އޮތީ ޑިފެންސަށް ފައިބާއެވެ. ސޯޝަލް މީޑިޔާއަށް ބަލާލުމުން ޕީއެންސީ "ޑެސްޕަރޭޓު" ވެފައި އޮތް މިންވަރު ވަރަށް ސާފުކޮށް ފެނެއެވެ.
މަޑު މަޑުން ތިއްބަވާފައި ތިން ރައީސުން އެކުގައި ނުކުމެ ދިން މި ސަޕްރައިޒްއާ އެކު ހަގީގަތުގައިވެސް ޕީއެންސީ ގުޑައިފިއެވެ. ރޭ ނިދިން މަހްރޫމުވެ ބިރު ހީވެ ތެޅެން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. މަކަރާ ހީލަތުން ހޮދި ވެރިކަން ބީވެއްޖެ ނަމަ ދެނެނެއް ތަޚުތު ކައިރީ ފަތި ގަނޑު ހާކާޅާވަރުވެސް ފެންވަރު ނުހުންނާނެ ވިއްޔާއެވެ.
ތިން ރައީސުން ނުކުތީ، އެތައް ހާސް ސިޔާސީ މުވައްޒަފުންނަށް ބޮޑު ހޭދައެއްކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ހޭލާ ތިބެ ޕޯސްޓް ކުރިނަމަވެސް، ގައުމު ފާލުން ނެއްޓިގެންދާތީ ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަންށެވެ.ގައުމު ހިންގެވުމުގައި ބޮޑުތަނުން ފެއިލްވެއްޖެއެވެ.










