March 19, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

މަޖިލިސް މެޖޯރިޓީ ދިނީމަ މި ފެންނަނީ ރައްޔިތުން ކަރަށް ފައިން އަރާ މަންޒަރު: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 5, 2024, 02:43 AM
މާލެ ސިޓީ

މަޖިލިސް މެޖޯރިޓީ ދީފައިވާއިރު ފެނިގެން ދަނީ ރައްޔިތުން ކަރަށް ސުޕަރ މެޖޯރިޓީއިން ފައިން އަރަމުންދާ މަންޒަރުކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމީލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހުގެ ނުރުހުން މަޖިލީހަށް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބިގެން މެނުވީ ވީ ވައުދުތައް ނުފުއްދޭނެ ކަމަށް ބުނުމުން ރައްޔިތުން އެ މެޖޯރިޓީ ވަނީ ދީފައި ކަމަށާ ނަމަވެސް މިހާރު ވަނީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ދޮރު ބަންދުވެފައި ކަމަށެވެ.

މަލީހު ވިދާޅުވީ މަޖިލިހުން ދެން ފެނިގެން ދާނީ ރައްޔިތުންނަށް ފައިދާވާ ކަންތަކުގައި ނޯ ޖަހާނެ މަންޒަރު ކަމަށާ ގޯތީގެ ބިލަކީ އޭގެ މިސާލެއް ކަމަށެވެ. މަޖިލިސް ބޮޑަށް ހަރަކާތްތެރިވާނީ ރައީސް ޑރ. މުއިއްޒަށް ބާރުތައް ޖަމާކޮށްދީ ރައްޔިތުންގެ ބާރު ކަނޑުވަންކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރިޔުާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ލިބުނު ގޮއްޗާ ފްލެޓު ނާތުލާނެ ކަމަށާ އެ ގޮތިތައް ކުރީ ސަރުކާރުން ނިންމާފައި އޮތް ގޮތަށް ބަދަލު ނުގެނެސް ހަވާލުކުރާނެ ކަމުގެ ވައުދުވެޑައިގެންފައެވެ.

ނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާ އެކު މަޖިލީހުން އެންމެ ފުރަތަމަ ބޭރުކޮށްލި ބިލަކީ އެ ގޯތިތައް ދިނުން އަވަސްކުރަން ހުށަހެޅި ބިލެވެ. އެ ބިލު ތަސްދީގުކުރަން ފޮނުވުމުން ވެސް ރައީސް މުއިއްޒުވަނީ ބިލު ތަސްދިގުނުކުރައްވާ އަނބުރާ ފޮނުވާ ލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved