May 2, 2026
Advertisement
ނާޒިމް އަދި އަދުރޭ
ނާޒިމް އަދި އަދުރޭ / ސަން އޮންލައިން

ފެނިގެންދަނީ ތައުލީމީ ގޮތުން ގާބިލް ނާޒިމް އާއި ނުކިޔަވާ ހުރި އަދުރޭގެ ތަފާތު: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jun 6, 2024, 12:32 AM
މާލެ ސިޓީ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުން ފެނިގެންދަނީ ތައުލީމީ ގޮތުން ގާބިލް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ނުކިޔަވާ ހުރި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ހުރި ތަފާތުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްްސްގައި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ދެއްކެވި ވާހަކައިގެ އޯޑިއޯ ހިއްސާކުރެއްވުމަށްފަހުއެވެ.

އެގޮތުން އެ ޕޯސްޓްގައި އިތުރަށް ޑރ ޖަމީލް ވިދާޅުވީ ނާޒިމް ދައްކަވަނީ ރަނގަޅު ވާހަކައެއް ކަމަށެެވެ. އެ ބައްދަލުވުމުގައި ނާޒިމް ވަނީ "ހިތި ބޭހެއް ބޯން ޖެހޭނަމަ ސަރުކާރުން އެކަން ބުނަން ވާނެ" ކަމަށް ވިދާޅުވެފައެވެ. ނާޒިމް އެފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ވެރިން އަބަދުވެސް ފާހަގަކުރައްވާތީއެވެ.

ޑރ ޖަމީލް ވަނީ މި ސަރުކާރުން މާލީ އިސްލާހަށް ތަބާވާނެތޯ އައްސަވާފައެވެ.

މި ސަރުކާރަށް 7 މަސް ވެގެންދިޔަ އިރު ކުރީގެ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރެކޭ އެއްވެސް ތަފާތެެއް އަދި ފެނިފައި ނުވާކަމަށް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

އަދި އޭގެ އިތުރުން ސިޔާސީ މަގާމްތަކެއް ގިނަ ނުކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައުމަށްފަހު ސަރުކާރުގެ ކުންފުނި ތަކުގައި ވެސް އެތައް ސިޔާސީ މަގާމެއް އުފައްދާފައިވާ ކަމަށް ވިދާޅުވެ (އެސްއޯއީ ތަކަކީ ސިޔާސީ މަގާމްތަކުގެ އައްޑާއެއް ގޮތުގައި ) ޑރ ޖަމީލް ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved