May 26, 2026
Advertisement
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި / ހަރަމައިން

ސައުދީއަށް ހައްޖު މަހުގެ ހަނދު ފެނިއްޖެ، އީދު ވާނީ އާދީއްތަ ދުވަހަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 7, 2024, 03:42 AM
މާލެ ސިޓީ

1445 ވަނަ އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިޔާއަށް ފެނިފައިވާތީ މާދަމާއަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުން އިއުލާންކޮށްފިއެވެ.

Advertisement

ސައުދީގެ އަލް ހަރަމައިންއިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއާއަށް ފެނިފައިވާ ކަމަށާ އެހެންކަމުން މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެގައުމުން ކަނޑައަޅައިފިކަމަށެވެ.

މާދަމާ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅުމުން ހައްޖު ދުވަހުގެ ގޮތުގައި ވާނީ ކުރިއަށް އޮތް ހަފްތާހެ ހޮނިހިރު ދުވަހެވެ. އަދި އީދު ވާނީ އާދިއްތަ ދުވަހަށެވެ.

ސައުދީ ސަރުކާރުން ހައްޖު ދުވަސް އިއުލާނު ކުރުމާއި ގުޅިގެން ރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށާއި، ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved