March 10, 2026
Advertisement
އެކްސިޑެންޓްވެ ދިޔަވި ސީޕްލޭން
އެކްސިޑެންޓްވެ ދިޔަވި ސީޕްލޭން / ތޭރަގްރެފިކްސް

ބ. އަތޮޅަށް ޖައްސަން ދިޔަ ސީޕްލޭނެއް ދިޔަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 9, 2024, 11:15 PM
މާލެ ސިޓީ

ބ. އަތޮޅަށް ޖައްސަން ދިޔަ ސީޕްލޭނެއް ދިޔަވެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އެގޮތުން ދިޔަވެފައިވަނީ ޓްރާންސް މޯލްޑިވިއަންގެ ސީޕްލޭނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ބ. އަތޮޅުގެ ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށާ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައި ނުވާ ކަމަށެވެ.

އެ ސީޕްލޭންގައި ތިބި ހުރިހާ ފަސިންޖަރުން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދިފައިނުވެއެވެ.

ސީޕްލޭން ދަތުރުކުރީ ބ. އަތޮޅު ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށެވެ. މިހާދިސާ އާއި ގުޅިގެން، މިހާދިސާގައި ދިޔަވަމުންދާ ސީޕްލޭން އޮޕަރޭޓް ކުރާ ޓީއެމްއޭއިން ވަކި އެއްޗެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެފަދަ ހާދިސާތައް ތަހުގީގުކުރުމުގެ ބާރު އޮންނަނީ ސިވިލް އޭވިއޭޝަނަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved