June 9, 2026
Advertisement
ސީ އެމްބިޔުލާންސް
ސީ އެމްބިޔުލާންސް / މޯލްޑިވިއަން

ބަލި މީހުން އުފުލަން ތައާރަފްކުރި ސީޕްލޭންގައި މިހާރު އުފުލަނީ ފަތުރުވެރިން!

Aishath Naja
އައިޝަތު ނަޖާ
Aug 21, 2024, 08:08 PM
މާލެ ސިޓީ

އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖެއްސި މޯލްޑިވިއަންގެ ސީޕްލޭންގައި ރިސޯޓުތަކަށް ފަތުރުވެރިން އުފުލަން ފަށައިފި އެވެ.

Advertisement


ތޭރަ އޮންލައިން އަށް މައުލޫމާތު ދިން ފަރާތެއް ވިދާޅުވީ މޯލްޑިވިއަންގައި 11 ސީޕްލޭން އޮންނަ އިރު އެތަނުން އެ ސީޕްލޭން އެމްބިޔުލާންސްގެ ގޮތުގައި ބޭއްވުމުން ގެއްލުން ލިބިދިއެވެ.

އެހެންކަމުން ފަތުރުވެރިން އުފުލަން ފެށީކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

އިންޑިއާގެ ޑޯނިއާރ މަތިންދާ ބޯޓުން ބަލި މީހުން އުފުލަން ބޭނުން ނުވެގެން، އެއާ އެމްބިއުލާންސް އަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ހާއްސަކުރީ، އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިތާ ފަސް މަސް ދުވަސް ފަހުން ސީޕްލޭން-އެއާ އެމްބިއުލާންސްގެ ހިދުމަތް ހުއްޓައިލަން މި ވަނީ ޖެހިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved