March 11, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

މުއިއްޒުއަކީ ވެރިކަންކުރަން ނޭނގޭ، އިތުބާރު ނެތް ވެރިއެއް: ޑރ. ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Jun 10, 2024, 12:09 AM
މާލެ ސިޓީ

ބޮޑު އަޣުލަބިއްޔަތާއި އެކު ވެރިކަމަށް ހޮވިވަޑައިގެންނެވި ޑރ މުއިއްޒު ދިވެހި ރައްޔިތުންނަށާއި އެކުވެރި ގައުމުތަކަށްވެސް އޮޅުވާލާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު އަކީ ބޮޑު ދޮގުވެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ބޮޑޫ އަޣްލަބިއްޔަތަކުން ރައީސް ކަމަށް ހޮވާދިން ރައްޔިތުންނަށް ރައީސް މުއިއްޒު ދޮގާ މަކަރާ އޮޅުވާލުންތަކެއް އޮޅުވާލައިފި ކަމަށް ޑރ. ޖަމީލު ވަނީ ސިފަކުރައްވާފައެވެ.

ޕޯސްޓުގައި އިތުރަށް ޑރ. ޖަމީލު ވިދާޅުވީ، ތުރުކީ އާއި ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޒާރުގެ ބަސްތައް ނުރަސްމީކޮށް މުއިއްޒަށް އިންޑިއާ ލިބެމުންދިޔަކަން ކޮންމެ ދިވެހިއްސަކަށްވެސް ފާހަގަވެފައިވާނެ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު ކުރިން ވިދާޅުވި އެއްޗެއްހި ކެންސަލްކުރެއްވުމަށް ފަހު ކުޅުއްވަމުން ގެންދަަވނީ ހުށިޔާރު ކުޅުމެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

މިކަމުގައި ޑރ. ޖަމީލްއާ ދެކޮޅު ހަދަން މިހާރު އެއްވެސް މީހެއް ބޭނުން ނުވާނެކަން ފެންނަމުންދާ މަންޒަރުތަކުން ހާމަވެއެވެ.

ހުވާ ކުރެއްވުމަށްފަހު ތުރުކީ އާއި ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުތަކުގެ އަސަރު އުފުލަން ޖެހިފައި މިވަނީ ދިވެހި ރައްޔިތުންނަށެވެ.

ވެރިކަމަށް އަންނަން ވެގެން އިންޑިއާ އައުޓް ކުރިއަށް ނެރެ ރައްޔިތުން މޮޔަ ހެއްދުމަށްފަހު ޚާރިޖީ ގޮތުން އެންމެ ގުޅުން ރަނގަޅުކޮށްގެން އުޅެނީވެސް އިންޑިއާ އާއި އެވެ. މިކަމުގެ ސަބަބުން ރާއްޖެއާއި ޗައިނާ ދެމެދު ނުތަނަވަސްކަންވެސް އަންނަނީ އުފެދެމުންނެވެ.

އެންމެ ފަހުން ދެމީދާ ފެހި ބުޅަލަށްވީ ވަރުވެސް މުއިއްޒު އަށް ނުވާނެކަމީ ގަބޫލްކުރަންވެއްޖެ ހަގީގަތެކެވެ.

ޖަމީލްގެ ޕޯސްޓް
ޖަމީލްގެ ޕޯސްޓް
ކޮމެންޓު
ކޮމެންޓްތައު
ދުރުމި
Jun 11, 2024, 11:05 AM
ތިމާގެ އަމިއްލަ ރަށުގައި ވެސް، ނިސްބަތްވާ އަވަށުގައި ވެސް އެއްވެސް ގަދަރެއް، އިހުތިރާމެއް ،ތާއީދެއް ނެތް ސިޔާސީ ދަމާކަނޑާ މީހެއް.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved