May 4, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

"މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ކޮބާކަން ރައްޔިތުންނަށް ކިޔާދޭން ޖެހޭ: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Jun 11, 2024, 03:10 AM
މާލެ ސިޓީ

ދިވެހީންގެ ރާއްޖޭގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ބުނެ އިންޑިއާ އައުޓް ކެމްޕޭނުގެ ދަށުން ރިޔާސީ އިންތިޚާބު ލީޑްކުރައްވައި ހުވާކުރެއްވުމަށްފަހު ރައީސް މުއިއްޒުގެ ރާގު މިހާރު ބަދަލުވެއްޖެއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެވިގެން ނުވާނެ ކަމަށާއި ކުރީގެ ސަރުކާރުން ހާމަކުރަމުން ދިޔައީ ދޮގު މައުލުމާތުތަކެއް ކަމަށް ބުނެ އޭރު އަޑުގަދަކުރަމުން ގޮސްފައިވެއެވެ. ނަމަވެސް ވެރިކަމުގެ ބާރު އަތަށް އެރުމާއިއެކު ހާމަކޮށްފައިވަނީ ހަމަ ކުރީ ސަރުކާރުންވެސް ހާމަކޮށްފައިވާ އަދަދުތަކާއި މައުލޫމާތުތަކެވެ.

Advertisement

ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އެކްސްގައި ކުރައްވާފައިވާ ޕޯސްޓްއެއްގައި ''މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ކޮބާކަން ހާމަކޮށްދެއްވުމަށް މުއިއްޒު އަށް ގޮވާލާފައިވެއެވެ. ދެކޮޅުޖެހޭ ޚާރިޖީ ސިޔާސަތެއް މުއިއްޒު އަތުގައި ނެތް ކަމަށާއި ފެންނަމުންދަނީ އިންޑިޔާއަށް މީގެ ކުރިން ރާއްޖެ އަޅުވެތިނުވާ ވަރަށް އަޅުވެތިވެފައިވާ މަންޒަރު ކަމަށެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ޕީއެސްއެމްއިން އެ ޖަލްސާ ލައިވް ކުރުމަށް ނިންމާފައިވަނިކޮށް އާންމުންގެ ފާޑުކިޔުންތަކާއި ހުރެ ވަނީ ލައިވް ނުކުރަން ނިންމާފައެވެ.

މީގެ އިތުރުން، މުއިއްޒު މިހާރު އެ ހުންނެވީ އުނބައްޖެހިފައި ކަމަށާއި އިންޑިޔާއިން ރަނގަޅަށްވެސް ރާއްޖޭގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ޖަމީލް ފާހަގަކޮށްފައިވެއެވެ.

ޖަމީލްގެ ޕޯސްޓް
ޖަމީލްގެ ޕޯސްޓް
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved