March 11, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު / ސޯޝަލް މީޑިއާ

ސަރުކާރުގެ ރާގު ބަދަލުވެ އިންޑިޔާ އާއި އެއްބައިވުމުން ޑރ. ޖަމީލް ފާޑުވިދާޅުވެއްޖެ

Aishath Alaina
އައިޝަތު އަލައިނާ
Jun 11, 2024, 05:13 PM
މާލެ ސިޓީ

އިންޑިއާއީ ދެކޮޅަށް ވާހަކަދެއްކި ސަރުކާރުގެ ރާގު ބަދަލުވެ އިންޑިއާއާއި އެއްބައިވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ވެރިކަމަަށް ހުވާ ކުރެއްވި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެ ވާހަކަފުޅުގައި ވިދާޅުވި ވާހަކަތައް އެމަނިކުފާނަށް ހަނދުމަފުޅު އަރުއްވާފައިއެވެ.

އެ ދުވަހު ރައީސް ވެވަޑައިގެން ވައުދުތައް މަތިން ހަނދުމަފުޅު އަރުއްވަމުން ޑރ. ޖަމީލް ވަނީ އަދި މިހާތަނަށް ތުރުކީން އެހީއެއް އަދި ކާބޯތަކެތިވެސް ނުގެނެވޭކަމާއި، ރައިސް ވިދާޅުވި ފަދައިން ޗައިނާވެސް ރާއްޖެއަށް އެހީ ނުވާކަން ފާހަގަކުރައްވާފައިއެވެ.

ހަމައެކަނި އިންޑިއާއަށް ބަރޯސާ ނުވަން އޭރު ވައުދުވި ސަރުކާރު މިއަދު މިވަނީ ހަމަ އެ އިންޑިއާއި ގުޅުން ބަދަހި ކުރަމުން ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ޚިޔާނާތެކެވެ. މިފަދަ އެކި ވާހަކަތަކެއް ދައްކާ އެތައް ވައުދެއްކޮށް ވެރިކަމާއި ހަވާލުވި ސަރުކާރުން މިއަދު މިވަނީ ވައުދުތަކާއި ޚިލާފުވެފައިއެވެ.

އިންޑިއާއަށް ފާޑުވިދާޅުވުމުގެ ސަބަބުން ސަސްޕެންޑު ކުރި ވަޒީރުން މިއަދު އެދަނީ އިންޑިއާއަށް ސަނާކިޔަމުންނެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންނާއި މި ސަރުކާރާ އަންނަނީ ރައްޔިތުންގެ ހައްގުތަކަށް އިހުމާލު ވުމާއި ވައުދު ނުފުއްދުމުގެ ލާމަސީލު މިސާލެއް ދައްކާ ރައްޔިތުންނަށް އޮޅުވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved