އިންޑިއާއަށް އެތައް ގޮތަކުން އިންޒާރު ދިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާއަށް ވަޑައިގެންނެވީ، ގޮތް ހުސްވެ ފައިސާއަށް ސަލާން ޖަހަންކަމަށް އިންޑިއާގެ މީިޑިޔާތަކުން ބުނެފިއެވެ.
ރައީސް މުއިއްޒު ވަނީ އިންޑިއާ އައުޓު ކެމްޕެއިން ހިންގާ އެ ކެމްޕެއިންގެ ދަށުން މޯލްޑިވްސް ފަރސްޓް ފޮރިން ޕޮލިސީއެއް ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ބަޔަކަށް ރާއްޖެއަށް ބުލީ ކުރުމުގެ ކައިސަން ނޯންނާނެ ކަމަށް ވިދާޅުވެ އިންޑިއާއަށް ބަހުގެ ހަމަލާވެސް ފޮނުވާފައި ރައީސް މުއިއްޒު ވެއެވެ.
އެއަށް ފަހު އިންޑިއާއިން ވަނީ އެސްބިއައި މެދުވެރިކޮށް ނިމިދިޔަ ސަރުކާރުން ނަގާފައި ހުރި ލޯންތައް ވަގުތުން ދެއްކުމަށް ފިއްތުން ފިއްތަން ފަށަފައެވެ. އޭގެ ސަބަބުން ކަންކަމުގެ ޓޯޓަލް ސޮލިއުޝަން ހޮދަން އެނގިވަޑައި ނުގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތާއެކި މިނިވަންކަން ހިމާޔަތް ކުރުމަށް ދެންމެވި ރަތް ރޮނގު ހުރަސްކުރައްވާ ރައީސް މުއިއްޒުވަނީ އިންޑިއާ ކުރިމަތީ ކުޑަ ކަކޫ ޖައްސުވަފައެވެ.
އެގޮތުން ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރުކަމަށް ހޮވުމުން އޭނާ ރުއްސަން އޭނާއަށް މަރުހަބާ ކިޔާ ދިވެހި ހުރިހާ ވެރިން ލައްވާ ޓްވީޓުކުރުވުމަށް ފަހު އިންޑިއާއަށްވެސް ވަޑައިގެންނެވީއެވެ.
ސަރުކާރު ޕްރޮމޯޓުކުރާ މީހުންނާ ސަރުކާރުގެ ވެރިން ހާމަކުރާ ގޮތުގައި އެއީ އެމނަިކުފާނުގެ ޑިޕްލޮމެޓިކު ޕޮިލިސީގެ ހަރުދަނާ ކަމެވެ. ނަމަވެސް އިންޑިއާގެ މީޑިޔާތައް މެދުވެރި އެ ގައުމުގެ ސަރުކާރުން އެކަން ސިފަކުރުވީ ގޮތް ހުސްވެ ރާއްޖެއިން އިންޑިއާ ގާތަށް ސަލާން ޖަހަން ދިއުމުގެ ގޮތުގައެވެ.
އެގޮތުން އިންޑިއާގެ ޔޫޓިއުބު ނިއުސް ޗެނަލްއަކުން ރިޕޯޓުކުރި ގޮތުގައި، ފައިސާ އާ ޖެހުމުން ރާއްޖެއަށް ގޮތް ހުސްވެއްޖެ ކަމަށާ އިންޑިއާއިން އެ ވާހަކަ ކުރިންވެސް ދެއްކި ކަމަށެވެ. އަދި އަވައްޓެރިންގެ އެހީއަކު ނޫނީ ނޫޅޭވެނޭކަން ރައީސް މުއިއްޒަށް އިހުސާސުވެ ގޮތް ދޫކޮށް އިންޑިއާއަށް ކުރި ދަތުރުގެ ފަހަތުގައި އޮތީ މަކަރާ ހީލަތް ކަމަށާ ރައީސް މުއިއްޒުގެ ރާގު ބަދަލުކުރައްވާ އިންޑިއާއަށް ވަޑައިގެންނެވީ ސަލާން ޖަހަން ކަމަށްވެސް އެ ނިއުސް ޗެނަލްގައި ރިޕޯޓުކޮށްފައިވެއެވެ..
ރައީސް މުއިއްޒުގެ ސަރުކާރުން ިދވެހިން ލަދެއްގައި މިފަހަރުވެސް ބައްދާލުމަށްފަހު ވަޑައިގެންނެވީ ހުސް އަތާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރައީސް މުއިއްޒު ވަޑައިގެންނެވީ، ކުރީ ސަރުކަރުން އެސްބިއައި މެދުވެރިކޮށް ގަނެފައިވާ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ގްރާންޓަކަށް ބަދަލުކުރުމަށް އެދިވަޑައިގަތުމަށެވެ. މީގެ ކުރިން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް މިކަމުގައި ފޮނުއްވި ނަމަވެސް އެކަމަށް އިންޑިއާއިން ޖަވާބެއްދިފައިނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރެއްގެ ސަބަބުންވެސް ދިވެހިންނަށް މަލާމާތާ ފުރައްސާރަ ރައްދުވިއިރު "ވީ މައިޓު ބީ ސްމޯލް ބަޓް ދެޓް ޑަޒްންޓު ގިވްޔީ ދަ ލައިސަންސް ޓު ބުޅީ އަސް" އޭ ވިދާޅުވެ ރައީސް މުއިއްޒު މި ފަހަރު ކުރެއްވި ކަމުން އަނެއްކާވެސް އިންޑިއާގެ މަލާމާތާ ފުރައްސާރަ ދިވެހިންނަށް ވަނީ އަމާޒުވެފައެވެ.