May 1, 2026
Advertisement
އެޓާނީ ޖެނެރަލް އުޝާމް
އެޓާނީ ޖެނެރަލް އުޝާމް / ސޯޝަލް މީޑިއާ

އޭޖީގެ ވާހަކަތަކުން ދޭހަވީ އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރުމަށް ސަރުކާރުން ބަހަނާތަކެއް ދައްކާކަން!

Aminath Zara
އައިމިނަތު ޒާރާ
Jun 14, 2024, 12:22 AM
މާލެ ސިޓީ

އިޒްރޭލް ޕާސްޕޯޓް މަނާކޮށް އެ ގައުމުގެ އެއްވެސް ފަރާތަކަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް ސަރުކާރުގެ ސްޓޭންޑް ބަދަލުނުވާ ކަމަށެެވެ.

އެހެން ނަމަވެސް ޕާސްޕޯޓް މަނާކުރުމާއި ގުޅިގެން ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ބިލެއް ހިމެނިފައިނުވަނީ އެ މައުލޫގެ އެހެން ބިލެއް އޮތުމުން ކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާނުކުރަން ސަރުކާރުން އަންނަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.

ދިވެހި ރައްޔިތުންވެސް އަންނަނީ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރަށް ހުއްޓުމެއްނެތި ގޮވާލަމުންނެވެ.

ނަމަވެސް، އެމެރިކާއަށް ބިރުން ސަރުކާރުން އެ ފިޔަވަޅު ނެގުން އަންނަނީ ލަސްކުރަމުންކަން އުޝާމްގެ ވާހަކަތަކުން ދޭހަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved