May 1, 2026
Advertisement
ޗައިނާ ވަފުދެއް ރާއްޖެއަށް ވަޑައިގަތުން
ޗައިނާ ވަފުދެއް ރާއްޖެއަށް ވަޑައިގަތުން / ރައީސް އޮފިސް

ޗައިނާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jun 14, 2024, 01:12 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބަޓީރް، އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Advertisement

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވައި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް އިޝާރާތްކުރެއްވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީ ދަށުން ރާއްޖެއަށް ބޮޑެތި ކުރިއެރުން ގެނެސްދެއްވާފައިވާއިރު އޭގެ ފަހުން ރާއްޖެއާއި ޗައިނާގެ ގުޅުން ވަނީ އޭރަށްވުރެ ހީނަރުވެގެން ގޮސްފައެވެ. ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާ އާއި އޮތް ގުޅުން ރަނގަޅު ކުރައްވާނެ ކަމަށް ހީވެފައި އޮތްއިރު، ކަންތައް ވެގެން ދިޔައީ އިދިކޮޅަށެވެ. ރިޔާސީ އިންތިޚާބު ދުވަސްވަރު އިންޑިޔާއާއި ދެކޮޅަށް ބޮޑެތި ކެމްޕޭންތައް ކޮށް ޗައިނާގެ އިތުބާރު ހޯއްދަވާ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދައްކަވާފައިވަނީ މުޅިން އެހެން މަންޒަރެކެވެ. އިންޑިޔާ ފައިބުޑަށް ވެއްޓި އިންޑިޔާއާއި ނުލާ ދިވެހިންނަށް ނޫޅެވޭ ހިސާބަށް ގުޅުން ބަދަހިކުރަމުންދާތަން ދަނީ ފެންނަމުންނެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ވައިސް ޗެއާމަން، ބަޓީރް ފާހަގަކުރެއްވާފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
މުޖާހިދުﷲ
Jun 14, 2024, 02:45 AM
އިންޑިޔާ ރުޅިއަރުވައިފި. ޗައިނާ އެކަމާ ވަރަށް ހެވިއްޖެ. އެކަމަކު ފައިސާ އިތުރަކަށް ދެވޭކަށްނެތް. ވާހަކަ ދައްކަން އިގޭ މީހަކު ނެތް. އިންޑިޔާ އާއި ލެޑިގަނެ ފައިބުޑަށް ވެށްޓެން ޖެހިއްޖެ. ގައުމު ދަރައިފި. އިންޑިޔާ ޕަޕެޓް ގޭމްވެސް ޖައްސަން ފަށައިފި. ވާނުވާ އެއް ނޭގެ. ހިންދީ ލަވައަށް އަތްޖަހާ ނަށަން ވަށައިފި.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved