May 1, 2026
Advertisement
ސިޑްސް ކޮންފަރެންސް އަށް 3.8 މިލިއަން ރުފިޔާ
ސިޑްސް ކޮންފަރެންސް އަށް 3.8 މިލިއަން ރުފިޔާ / ސޯޝަލް މީޑިއާ

ސިޑްސް ކޮންފަރެންސަށް 3.8 މިލިއަން ރުފިޔާ

Aminath Zara
އައިމިނަތު ޒާރާ
Jun 15, 2024, 01:57 PM
މާލެ ސިޓީ

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

Advertisement

ރައީސް އޮފީހުން އާންމުކުރި އެ ދަތުރުފުޅުގެ ތަފްސީލުގައިވާ ގޮތުން 16 ބޭފުޅުންގެ ޓިކެޓަށް 2.6 މިލިއަން ރުފިޔާ ހަރަދުވިއިރު، އެކޮމޮޑޭޝަނަށް ހަ ލައްކަ ރުފިޔާ އަދި ދަތުރުފަތުރުގެ ހަރަދަށް 271،000ރ. ހަރަދުވި އެވެ. ޕޮކެޓް މަނީގެ ގޮތުގައި 141،000ރ. ހަރަދުވި އެވެ. ވަފުދުގެ ހުރިހާ ބޭފުޅުންގެ ފަރިއްކޮޅަށް 164،000ރ. ހަރަދުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައެ. އަދި ސްޓޮޕް އޯވާ އާއި އިންސިޑެންޝަލްގެ ގޮތުގައި ހަރަދުވި 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި ތިމާވެށްޓަށް އިންވެސްޓަރުންގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ލިބުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް ރާއްޖެއަށް ތިމާވެށީގެ ގޮތުން ނުރައްކަލެއް ނެތް ކަމަށް ރައީސް ކުރިން ވިދާޅުވި ނަމަވެސް މި ކޮންފަރެސްގައި ރައީސްގެ ވާހަކަފުޅު ބަދަލުވެފައިވާތީ ވަރަށް ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވިއެވެ.

ދައުލަތުގެ ޚަރަދުގައި ގިނަ ދަތުރުތަކެއްކޮށް ފައިސާ ޚަރަދުކުރައްވަމުން އަދިވެސް އަންނައިރު އަމިއްލަ ގައުމުގައި ދިވެހިން އަންނަނީ ލިބެންޖެހޭ މުސާރައަށްވެސް އާދޭސް ކުރަމުންނެވެ. ނަމަވެސް މާލީ ހާލަތު ތަން ނުދޭ ކަމަށް ބުނެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ހުރިހާ ކަމެއްގައިވެސް އޮޅުވާލަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved