މިނިސްޓަރ އިހުސާން / ސޯޝަލް މީޑިއާ
ހަބަރު
ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން ޕާމިޓް ހޯދަން އިތުރު ޚަރަދެއް ނުދާނެ: އިހުސާން
Aminath Zara
އައިމިނަތު ޒާރާ
19 ޖޫން 2024
މާލެ ސިޓީ

ދިވެހިރާއްޖޭގައި ނުގަވާއިދުން އުޅެމުންދާ ބިދޭސީން ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން ވަކި ޕާމިޓް އެއް ހޯދުމަށް އިތުރު ޚަރަދެއް ނުދާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހްސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ހޯދަން ޖެހޭ ޕާމިޓަށް އިތުރު ފީއެއް ނަގަން މަޝްވަރާކޮށްފައި ނުވާކަމަށެވެ.

ވަކި ވަކި ރަށްރަށުން ހޯދަން ޖެހޭ ޕާމިޓު، ހޯދާނީ، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން، އީ-ރަޖިސްޓްރޭޝަނެއް ކޮށް، ރަށު ކައުންސިލްތަކުން އެޕްރޫވް ކުރުވައިގެން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ވަކި ވަރކް ޕާމިޓެއް ހޯދަން ޖެހޭގޮތް ހަދަން މަސައްކަތް ކުރާ ކަމަށް، ވަޒީރު އިޙްސާން ވިދާޅުވީ، ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން މިމަހުގެ 17 ވަނަ ދުވަހުއެވެ.

މި އައު ޕާމިޓަކީ، ތިން އަހަރު ދުވަސް ތެރޭ، ލިޔެކިޔުންތައް ނެތް ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ހިފާފައިވާ އަމާޒުގެ ދަށުން ތަޢާރަފްކުރަން ނިންމާފައިވާ ކަމެއް ކަމަށްވެސް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. ބިދޭސީންގެ މައްސަލައަކީ ގައުމަށް މިހާރުން މިހާރަށް ހައްލު ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

މިނިސްޓަރގެ ޕޯސްޓް
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved