May 2, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރުގެ ނާގާބިލިއްޔަތުކަން ހާމަކުރުމުން ރައީސް ޔާމީނަށް ފާޑުކިޔުން އަމާޒުކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
Jun 25, 2024, 06:06 PM
މާލެ ސިޓީ

ސަރުކާރުގެ ނާގާބިލިއްޔަތު ހާމަކުރުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ.

Advertisement

ރައީސް ޔާމީނަށް ފާޑުކިޔުމުން ގިނަ ބައެއް ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންއެފް ފްރަންޓު އޮފީހުގައި ބޭއްވުނު ޖަލްސާގައި ރައީސް ޔާމީން ވަނީ ވާހަކަފުޅުދައްކަވާފައިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގެ ތެރެއިން ވަނީ މި ސަރުކާރުގެ އެކި ކަންތައްތައް ފާހަގަކުރައްވާފައިއެވެ.

މި ވާހަކަފުޅުގެ ތެރެއިން ރައީސް ޔާމީން ވަނީ ސަރުކާރުގެ އެކި ސްކޭމްތަކާއި ހިންގަމުން އަންނަ މަޝްރޫއުތަކުގެ ވާހަކަފުޅު ދައްކަވާ ރައްޔިތުންނަށް ހަގީގަތުގައި މަކަރާއި ހީލަތުގެ ފަރުދާގެ ފަހަތުގައި ކުރިއަށް ދާ ކަންތައްތައް ބުނެދެއްވާފައިއެވެ.

މިފަދައިން އެ ކަންތައްތައް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވި ދުވަހު ވިދާޅުވި "އޭ މިހިރަ ދިދަޔާއޭ" ވިދާޅުވެ ބަސްފުޅެއް ވިދާޅުވެފައިއެވެ.

ސަރުކާރުގެ އިސްވެރިންނަށް އަޑު އިވިވަޑައިގަތީ އެ ބަސްފުޅު އެކަންޏެވެ. ސޯޝަލް މީޑިއާގައި އައުގުރާނަށް ގޮވުމުގައި އުޅުނު މިއަދުގެ ސަރުކާރުގެ އިސް ވެރިން އަންނަނީ ރައީސް ޔާމީންގެ އެންމެ ލަފްޒެއް ފާހަގަކޮށް ފާޑުކިޔުން އަމާޒުކުރަމުނެވެ.

މި އަމަލުތަކުންވެސް ދޭހަވަނީ ސަރުކާރުގެ އިސް ވެރިންނާއި މި ސަރުކާރުން އެމީހުންގެ ސްކޭމްތައް ފޮރުވަން މަސައްކަތް ކުރާ މިންވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved