May 2, 2026
Advertisement
ރައީސް ޔާމީން އަދި މާލީ ވަޒީރު ޝަފީގް
ރައީސް ޔާމީން އަދި މާލީ ވަޒީރު ޝަފީގް / ތޭރަ އޮންލައިން

13.7 ބިލިއަން ރުފިޔާ އެމްއެމްއޭއިން ނެގިކަމަށް ރައީސް ޔާމީން ވިދާޅުވުމުން، ފިނޭންސް މިނިސްޓާރ ހޫނު ފެނަށް!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 10:36 PM
މާލެ ސިޓީ

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓާރ ޝަފީގް މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްއޭގެ ރިޒާވްގައި ހުރި 13.7 ބިލިއަން ރުފިޔާ މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ކަމަށާއި އެއީ ހަމަ ފައިސާ ޗާޕު ކުރުން ފަދަ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަފީގު ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ހިނގި ހުރިހާ ހަރަދެއް ހަމަޖެއްސީ، ދައުލަތަށް ވަންނަ އާމްދަނީ އާއި ޓީބިލް ވިއްކައިގެން ކަމަށެވެ.

މި މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ދައުލަތަށް ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައި ކަމަށާއި ބަޖެޓުން މިހާތަނަށް ކުރި ހޭދަ 18 ބިލިއަން ރުފިޔާ އަށް އަރާކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީސްމީޑިޔާގައި އާންމުން އަންނަނީ މިނިސްޓާރ ޝަފީގް އަތައް ގޮވީމާ މަތި ބައްދަން ވާހަކައެއް ހަދާލީ ކަމަށް ބުނަމުންނެވެ.

އަދި ރައީސް ޔާމީން ޖަލްސާގައި ދެއްކެވީ ވަރަށް "ފެކްޓް ބޭޒްޑް" ވާހަކަތަކެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved