March 10, 2026
Advertisement
ހުސައިން ޒިޔާދު
ހުސައިން ޒިޔާދު / މަޖިލިސް

ކޮންމެ ވައުދެއް "ތުރުކީ ހަނޑުލަށް" ވެގެން ދިއުމުން ކަމަކު ނުދާނެ: ޒިޔާދު

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 12:12 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެފައިވާ ކޮންމެ ވައުދެއް "ތުރުކީ ހަނޑުލަށް" ވެގެން ދިއުމުން ކަމަކު ނުދާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

Advertisement

މެމްބަރު ޒިޔާދު މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލާގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ހުށަހެޅި ކުއްލި މައްސަލަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ.

މަސްވެރިން މުޒާހަރާ ކުރަނީ ވީ ވައުދާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާތީ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި އެންމެ ގިނައިން މުޒާހަރާ ކުރަމުން ދަނީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދޭ މައްސަލާގައިކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

އަދި މިހާރު ހުރި އަގަށް މަސް ނުގަނެވޭ ނަމަ އެ އަގު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަރުކާރަށް އެބައޮތް ކަމަށެވެ.

ވަކި މުއްދަތެއްގައި ފައިސާ ދޭނެ ކަމަށް ވައުދު ވެފައި އޮތުމުން އެ ވައުދާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި އެކަން އެމަގުން ކުރިޔަށް ނުދާ ނަމަ ރައްޔިތުން އިހުތިޖާޖު ކުރާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved