March 10, 2026
Advertisement
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު / މަޖިލިސް

ސިޔާސީ މުވައްޒަފުންގެ އަދަދު މާލިއްޔަތޮ ކޮމީޓީ އަށް ވެސް ސިއްރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 12:45 AM
މާލެ ސިޓީ

ސަރުކާރުގެ ވުޒާރާތަކުގަޔާއި ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާ ކުރުމަށް މާލިއްޔަތު ކޮމެޓީން އެދުމުން ފިނޭންސް މިނިސްޓާރ ޑރ. މުހައްމަދު ޝަފީގު އެ މައުލޫމާތު ސިއްރުކޮށްފިއެވެ.

Advertisement

ބުދަ ދުވަހުގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ މުވައްޒަފުންގެ އަދަދުގެ ތަފުސީލު ދިނުމަށް އެދިވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލްގަފޫރު މޫސާ އެވެ.

އެހެންނަމަވެސް ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ފިނޭންސް މިނިސްޓަރަށް ވެސް އެނގިވަޑައިނުގަންނަވާތީ އެ މައުލޫމާތު ކޮމެޓީއާ ހިއްސާ ކޮށްފައިނުވެއެވެ.

މިހާރު މިދަނީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނީޓާ ކުރަމުން، ރައީސް އޮފީހުން އެގްޒެކްޓް އަދަދު ޖެހޭނީ ސާފުކުރަން

މިނިސްޓާރ ވިދާޅުވިއެވެ.

ސީދާ އަދަދު ސާފުކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށް ވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މުވައްޒަފުން މަދު ކުރާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް އެއްވެސް ސިޔާސީ މުވައްޒަފެއް މަދުކުރި ވާހަކައެއް މިނިސްޓާރ ފާހަގަކުރައްވާފައިނުވެއެވެ.

އިތުރަށް މިނިސްޓާރ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ތިބި ބޭފުޅުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަން ތައްޔާރުވަމުން ދާ ކަމަށެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުވާނެ ކަމަށް ވެރިކަމަށް އައުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު އެ އަދަދު އުޅެނީ 3000 އަށް ވުރެ މަތީގައި ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved