March 19, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޑރ.ޖަމީލު ޖުޑީޝަރީއަށް: ރައީސް ޔާމީންއާ މެދުވަމުން ތިދާ ބޭއިންސާފަށް ބިރުވެތިވޭ

Mariyam Isaadha
މަރިޔަމް އިސާދާ
Jan 22, 2024, 10:51 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންއާ މެދު ދިވެހިރާއްޖޭގެ ޖުޑިޝަރީއިން ގެންދަނީ ބޭއިންސާފުން ކަންކަން ކުރަމުން ހާމަވެފައިވާ ކަމަށާ އެކަމާ މެދު ބިރުވެތިވުމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް)އިން ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ، ތަނެއްގެ އަދުލާ އިންސާފު ގެއްލިއްޖެ ނަމަ އެ ތަނެއްގެ ހަމަޖެހުން ގާއިމުކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާ މިއަދު ރާއްޖެއިން ފެންނަމުން ދަނީ އެ މަންޒަރު ކަމަށެވެ. އެގޮތުން ރައީސް ޔާމީން މިނިވަންކުރާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރުން އެކަން ހަނދާން ނައްތާލާ ރައްޔިތުންނަށް ވީ އެތައް ވައުދުތަކެއްވެސް ނުފުއްދާ ގެންދަނީ ހަރާންކޯރުވަމުންކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، އަނިޔާ ލިބިގެންވާ މީހާގެ ދުއާ އަކީ އަބަދުވެސް ﷲގެ ހަޟްރަތުގައި އެންމެ އިޖާބަކުރުން އަވަސް ދުއާތަކުގައި ހިމެނޭ އެއްޗެއްކަން ހަނދާން ނައްތާނުލުމަށް ވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

ސާފުކޮށް ޖުޑިޝަރީއަށް މި ދަންނަވަނީ ސަމާސާ ކުރަން ނޫޅުއްވާށޭ. ކެތްތެރިކަން ވަކި ވަރަކަށޭ އޮޮންނާނީ. އަޅުގަޑުމެން މަގު މައްޗަށް ނުކުންނަން ޖެހިއްޖެއްޔާ ނުކުންނާނަން. ސަރުކާރަށް ދަންނަވަން ބޭނުންވަނީ ބިރުގަންނާށޭ. ބިރުވެތިވާށޭ ﷲގެ ޢަޒާބަށް.

ޑރ. ޖަމީލު

ޑރ. ޖަމީލު މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ އެބޭފުޅުން މިތިބީ ރައީސް ޔާމީން ގެ ތަރައްގީ ގައުމަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަން ކަމަށެވެ. އަދި ހަމައެހެންމެ މީގެ ކުރިން ވަރަށް ގިނަ ވެރިން އައިސް ހިނގައްޖެކަމަށާއި އެހެންނަމަވެސް ކަންކަމުގައި ހަގީގީ ކުލަ ޖެއްސެވީ ރައީސް ޔާމީން އެކަނި ކަމަށެވެ.

ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ލަސްވަމުންދާތީ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. އަދި ބުނަމުންދަނީ އެންމެ ފުރަތަމަ ވީ ވައުދު ރައީސް މުއިއްޒުއަށް ނުފުއްދުމުން އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved