June 5, 2026
Advertisement
މައްސަލަތައް ދިގު ދަންމާ ފީކުރަން ފަނޑިޔާރުންނަށް ފުރުސަތު ދީގެން ނުވާނެ: ރައީސް ޔާމީން
މައްސަލަތައް ދިގު ދަންމާ ފީކުރަން ފަނޑިޔާރުންނަށް ފުރުސަތު ދީގެން ނުވާނެ: ރައީސް ޔާމީން / ސޯޝަލް މީޑިއާ

މައްސަލަތައް ދިގު ދަންމާ ފީކުރަން ފަނޑިޔާރުންނަށް ފުރުސަތު ދީގެން ނުވާނެ: ރައީސް ޔާމީން

Jun 4, 2026, 08:47 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި އިންސާފު ހޯދުމަށް ދިގު ރާސްތާއެއް ކަޑައްތު ކުރަން ޖެހޭ ކަމަށާ އެހެން އެކަން ވަނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިޚުލާސްތެރިކަން ނެތުމުން ކަަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މިދިޔަ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ނުހަނު ދިގުލައިގެންދާ ކަމަށާ ޚާއްސަކޮށް މަދަނީ މައްސަލަތަކުގައި އެކަން އަދި އިތުރަށް ގޯސްކަމަށެވެ. ނަމަވެސް އެއީ އިންސާފު ނޫންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގާނޫނުތަކުގައި މައްސަލަ ނެތް ކަމަށް އެމަނިކުފާނު ވިދާޅުނުވާނެ ކަމަށާ ނަމަވެސް ގާނޫނު ތަންފީޒުކުރަން ތިބި މީހުންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން މުދަލާ ބެހޭ މައްސަލަތައްވެސް 7 އަހަރު 8 އަހަރު ދުވަހަށް ދެމިގެން ދިއުމަކީ އިންސާފު ނޫން ކަމަށާ މަދަނީ މައްސަލަތަކަށް ވުރެ ޖިނާއީ މައްސަލަތަކުގެ ހުކުމް އަވަސްވި ނަމަވެސް އެ މައްސަލަތަކުގައި ވެސް ކަންކުރަނީ ހިތު ހުރި ގޮތަކަށް ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެހެންކަމުން ފަނޑިޔާރުންވެސް މައްސަލަތައް ފީކުރަން އެ މައްސަލަަތައް މަތީގައި ތިބުމަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަކީ ކޯޓުތަކުގައި ކޮލިޓީ ފަނޑިޔާރުން މީގެ ކުރިން ތިބި ގައުމެއް ނަމަވެސް އެކަންކަން ބަދަލުވެގެން ގޮސްފައިވަނީ، ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުންނާ ރައީސް މުއިއްޒުގެ ސަރުކާރުންވެސް ވެރިކަމަށް އައިސް، އެކި ސަބަބުތައް ދައްކައި، ޖުޑިޝީއަރީއަށް ނުފޫޒު ފޯރުވައިގެން އެ ފަނޑިޔާރުން ބޭރުކޮށްފައިވާތީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved